ރާއްޖޭގައި އީދު ނަމާދު ކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާކޮށްފިއެވެ.
މިކަން ހާމަކުރެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
އީދު ނަމާދު ކުރާ ގަޑި އަވަސްކުރުމަށް މަޝްވަރާ ފެށި ކަމަށް މިނިސްޓަރ ޝަހީމް ވިދާޅުވި ނަމަވެސް މިކަމާ ގުޅޭ އެއްވެސް އިތުރު މައުލޫމާތެއް އެ މިނިސްޓްރީން ހާމަކޮށްފައި ނުވެއެވެ.
ރާއްޖޭގައި އަބަދުވެސް އީދު ނަމާދު ފަށަނީ ހެނދުނު 7:30 ގައެވެ.
ރާއްޖޭގައި އީދު ނަމާދު ފަށާ ގަޑި މާބޮޑަށް ލަސްކަން ފާހަގަކުރައްވާ އިލްމުވެރިން ކަންބޮޑުވުން ފާޅުކުރަމުންދާތާ ދުވަސްކޮޅެއް ވެއްޖެ އެވެ.
އިލްމުވެރިން ވިދާޅުވާ ގޮތުގައި އީދު ނަމާދު ފަށަންޖެހޭ ވަގުތަކީ އިސްލާމީ ގިނަ ގައުމުތަކުގައި ވެސް އެކަން ކުރާ ގޮތަށް ޟުހާ ވަގުތެވެ.