March 16, 2026
Advertisement
ހުކުރު ޚުތުބާ
ހުކުރު ޚުތުބާ / ސޯޝަލް މީޑިއާ

އިސްލާމްދީނަކީ އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަހުމާއި ހަމްދަރުދީގެ ރިސާލަތުގެ ދީނެއް: ޚުތުބާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Oct 31, 2025, 07:42 PM
މާލެ ސިޓީ

އިސްލާމްދީނަކީ އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަހުމާއި ހަމްދަރުދީގެ ރިސާލަތުގެ ދީނެއް ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

Advertisement

"އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަހުމަތުގެ ރިސާލަތެއް" މި ނަމުގައި މިއަދު ދިން ހުތުބާގައި ބުނީ އިސްލާމީ ރިސާލަތަކީ އެއްކައުވަންތަ ކަލާނގެއަށް އީމާންވުމާއި، އެކަލާނގެއަށް ކިޔަމަންތެރިވުމަށް ގޮވައިލާ ރިސާލަތެއް ކަމަށާއި މިއީ މުޅި އިންސާނިއްޔަތަށް ބާއްޖަވެރިކަން ގެނެސްދޭ، ރަހުމާއި ހަމްދަރުދީގެ ރިސާލަތު ކަމަށެވެ.

ހުތުބާގައި އިތުރަށް ބުނެފައިވަނީ އިސްލާމްދީނަކީ ލޯތްބާއި، ހަމްދަރުދީއާއި، އޯގާވެރިކަމާއި، އަޅައިލުމާއި، ހެޔޮފޯރުވުމުގެ ދީނެއް ކަމަށާއި މުޖުތަމައުގެ ހުރިހައި އަފުރާދުންގެ މެދުގައި ހެޔޮ ގޮތުގައި ގުޅުންތައް ބިނާކޮށް، ދެމެހެއްޓުމުގެ މައްޗަށް ބާރުއަޅާ ދީނެއް ކަމަށެވެ.

އެހެންކަމުން، އިސްލާމްދީނާ މެދު، މި ދީނުގެ އަދުއްވުން ކުރަހާފައިވާ ބިރުވެރި، އަނދިރި މަންޒަރަކީ ހަގީގަތާ ހިލާފަށް ކުރަހައިފައިވާ މަންޒަރެއް ކަމަށާއި ހަގީގަތުގައި އިސްލާމް ދީނަކީ އިންސާނިއްޔަތުގެ ދީން ކަމަށް ބުންޏެވެ.

ޚުތުބާގައި ވަނީ ހެޔޮކަމާއި އޯގާތެރިކަން ފެތުރުމަށް ގޮވައިލާ ފަރުދުންނާއި މުޖުތަމައުތަކުގެ މެދުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުކުރުމަށް މަސައްކަތް ކުރުމަށްވެސް ގޮވާލާފައެވެ.

އަދި ދެކޮޅުވެރިކަމާއި، ހަސަދަވެރިކަމާއި، ގެއްލުންތަކަށް މަގުފަހިވާ ކަންތައްތަކުން ދުރުހެލިވުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved