March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ފުރުޤާން މިސްކިތަށް ބޮޑެތި ގެއްލުންތަކެއް ދީފި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 2, 2025, 08:12 PM
މާލެ ސިޓީ

މާލޭގެ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި އެ މިސްކިތަށް ބޮޑެތި ގެއްލުން ދީފިއެވެ.

Advertisement

ރޭ ދަންވަރު 2:20 ހާއިރު މި ހާދިސާގެ ރިޕޯޓް ލިބުނު ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި މި މައްސަލަ ފުުލުހުން ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުުލުހުން ވިދާޅުވިއެވެ.

މިދިޔަ އަހަރު ތެރޭގައިވެސް ފުރުޤާން މިސްކިތުގައި ބަހައްޓާފައި ހުރި ހަތިމުތައް ބިންމައްޗަށް އުކާލައި، އެ މިސްކިތަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

އޭގެ ފަހުންވެސް މިފަދަ މައްސަލަތައް ތަކުރާރުވަމުން އަންނައިރު މިކަމަށް އެދެވިގެންވާ ހައްލެއް ލިބިފައި ނުވެއެވެ.

މަސްތުގެ ހާލަތުގައި އާއި މަސްތުވާތަކެތި ބޭނުންކުރުމަށް އެ ބޭނުންކުރާ މީހުން މިސްކިތްތައް ވަރަށް ގިނައިން ބޭނުންކުރާކަމުގެ ޝަކުވާތައް އާންމުން އަބަދުހެން ކުރެއެވެ.

ފުރުގާން މިސްކިތުގެ އިތުރުން އެހެން މިސްކިތްތަކަށްވެސް ވަރަށް ގިނައިން ގެއްލުން ދީފައި ހުންނަ ކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved