April 24, 2026
Advertisement
..
.. / ޕޮލިސް

އެއާޕޯޓް ހައިސްޓް: ޑޮަލަރު ފޭރުނު އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Nov 3, 2025, 05:38 AM

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ލައްކައަކަށް ވުރެ ގިނަ ޑޮލަރު ފޭރުނު މައްސަލައިގައި ހައްޔަރުކުރި ހަތަރު މީހުންގެ ޝަރީއަތް ނިމެންދެން ބަންދުކުރަން ކޯޓުން މިއަދު އަމުރުކޮށްފިއެވެ.

Advertisement

މޫނު ނިވާކޮށްގެން ތިބި ބަޔަކު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތެރެއިން ފައިސާ ހުރި ސުއިޓްކޭސްތަކެއް ފޭރިފައިވަނީ އޮކްޓޯބަރ މަހުގެ 27 ވަނަ ދުވަހުގެ ފަތިހު 4:45 ހާއިރުއެވެ. މިމައްސަލައިގައި ޝާމިލުވާ ހަތަރު މީހުން ހަމަ އެދުވަހު ވަނީ ފުލުހުން ދެނެގަނެފައެވެ.

އެ ހަތަރު މީހުންގެ ބަންދަށް ޖެހި ފަސް ދުވަހުގެ މުއްދަތު ހަމަވަމުން، ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާކަމަށް މިއަދު ފުލުހުން ވަނީ ބުނެފައެވެެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންނަކީ ރޭޝަމް / ލ.މާވަށް، މާޒިން މޫސާ (25އ) އާއި މ. ކޯރަސް / މާލެ، އަޙްމަދު ރައިހާން ނަޢީމް (20އ)، އަޅިވިލާގެ / ކ.ގުރައިދޫ، އިބްރާހީމް އަނޫފް (24އ) އަދި އަޅިވިލާގެ / ކ.ގުރައިދޫ، ޙުސައިން ޝަހުދު (30އ) އެވެ.

މީގެ އިތުރުން މި ފޭރުމުގައި ބޭނުންކުރި ލޯންޗް ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ. އެހެންނަމަވެސް ފޭރުނު ޑޮލަރު އަދިވެސް ފުލުހުންނަށް ހޯދިފައިނުވެެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved