March 19, 2026
Advertisement
މައިޒަރު
މައިޒަރު / ތޭރަ އޮންލައިން

ގައުމުގެ ތާރީހު ކުދިން ގައިގައި އަށަގެންނެވުމަށް ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހޭ: މައިޒަރު

Faina Faiz
ފައިނާ ފާއިޒް
Nov 4, 2025, 12:12 AM
މާލެ ސިޓީ

ގައުމުގެ ތާރީހު ކުދިންގެ ގައިގައި އަށަގެންނެވުމަށް ޓެކްނޮލޮޖީ ބޭނުން ކުރަން ޖެހޭކަމަށް ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ސެނެޓާރ މުޙައްމަދު މައިޒަރު އާދަމް ޒާހިރު ވިދާޅުވެއްޖެއެވެ.

Advertisement

މައިޒަރު މިފަދައިން ވިދާޅުވީ ޗެނަލް 13 އިން ކުރިއަށް ގެންދިޔަ ނަސްރުގެ ދުވަހުގެ ހާއްސަ ކަވަރޭޖުގައި ވާހަކަދައްކަމުންނެވެ.

ނަސްރުގެ ދުވަހާ މެދު ދިވެހި ޒުވާނުން އަދި އަންނަން އޮތް ޖީލު ހޭލުންތެރި ކުރުވުމުގެ މުހިއްމު ކަމާމެދު ވާހަކަފުޅުދައްކަވަމުން މައިޒަރު ވިދާޅުވީ މިފަދަ ކަންކަމުގައި ޓެކްނޮލޮޖީގެ ބޭނުން ކުރުން މުހިއްމުކަމަށެވެ.

ކުރު ފިލްމު ނުވަތަ ކާޓޫނުތައް ހަދައިގެން މި ފިލްމުތައް ޅަފުރާގެ ކުދިންނަށް ދެއްކުމުން ގައުމަށް ކުރިމަތިވެގެންގޮސްފައިވާ މިފަދަ މުހިންމު، ތާރީޚީ ކަންކަމާމެދު އެކުދިން ހޭލުންތެރިވާނެ ކަމަށް މައިޒަރު ފާހަގަކުރެއްވިއެވެ.

އަދި ކާޓޫނުތައް ހެދުމަކީ އަމިއްލަ ފަރުދުންގެ ޖީބުން ޚަރަދުކޮށްގެން ކުރެވޭ ފަދަ ކަންކަމެއް ނޫންކަމަށްވެސް މައިޒަރު ވިދާޅުވިއެވެ. އަދި ސަރުކާރުގެ ޗެނެލް މިހާރު މިވަނީ ވެރިމީހާ އަދި ފަސްޓު ލޭޑީ ޕްރޮމޯޓު ކުރުމަށް ހާއްސަވެފައިވާ ޗެނެލަކަށް ވެފައިވާކަން މައިޒަރު ފާހަގަކުރެއްވިއެވެ.

ނަމަވެސް ދައުލަތުގެ ޓީވީއިން މިފަދަ ޕްރޮގްރާމުތައް އަދި ކާޓޫނުތައް ދެއްކަުމުގެ މުހިއްމުކަމަށްވެސް އަލިއަޅުވާލާފައިއެވެ.

ފިލްމުތަކާއި ކާޓޫނުތަކުގެ އިތުރުން ގައުމީ ކަންކަމާ ގުޅުވައިގެން ސްކޫލުކުދިންނަށް ހާއްސަ މުބާރާތްތައް ކުރިއައް ގެންދިއުމަކީވެސް އަންނަން އޮތް ޖީލުތަކަށް ގައުމުގެ ތާރީޚު އުގަންނުވައިދީ އެކުދިންގެ ހިތްތަކުގައި ގައުމަށް ލޯބި އުފެދުމުގައި މުހިންމި ދައުރެއް އަދާކުރާނެ ކަންތައްތައް ކަމުގައިވެސް މައިޒަރު ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved