ދީނީ އިލްމުވެރިޔާ އިބްރާހިމް ރަޝީދު މޫސާގެ އަނބިކަނބަލުން ސާމިޔާ ލަތީފް އަވަހާރަވެއްޖެ އެވެ.
ސާމިޔާ އަވަހާރަވީ އުމުރުން 73 އަހަރުގައި ރޭ އިރާކޮޅު އެވެ. ސާމިޔާގެ މައްޗަށް ކަށު ނަމާދުކުރުން އޮތީ ފަތިސް ނަމާދަށްފަހު އާސަހަރާ މިސްކިތުގަ އެވެ.
ސާމިޔާ އަވަހާރަވުމާއި ގުޅިގެން ރައީސް މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އިސްލާމްދީނަށް ހޭލުންތެރިކުރުމާއި، ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން ޝަރަފްވެރިކަމުގެ ގައުމީ އިނާމު ހާސިލްކުރައްވާފައިވާ އިލްމުވެރިޔާ އުސްތާޒު އިބްރާހީމްގެ ލޮބުވެތި އަނބިކަނބަލުން ސާމިޔާ ލަޠީފް އަވަހާރަވުމުގެ ހިތާމައިގާ އެ އާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަަމަށެވެ.