theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ލަމްހާ: އޭނާ މިއަދު ވަނީ ބަންދުން ދޫކޮށްލާފައި / ފޭސްބުކް
ހަބަރު
ޝަރީއަތް ނިމެންދެން ލަމްހާ އަނެއްކާވެސް ބަންދުކޮށްފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
04 ނޮވެމްބަރު 2025
މާލެ ސިޓީ

އައިޖީއެމްއެޗުގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ (މޭރީ)ގެ މަރުގެ މައްސަލާގައި ދައުވާ ލިބޭ ހަލީމަތު ލަމްހާ އަބްދުއްރަހްމާނު ޝަރިއަތް ނިމެންދެން އަނެއްކާވެސް ބަންދުކޮށްފިއެވެ.

ލަމްހާގެ ޝަރިއަތް ނިމެންދެން މިއަދު އަލުން ކްރިމިނަލް ކޯޓުން ބަންދު ކުރީ އޭނާ ބަންދު ކުރަން ކުރިން ދެކޮޅު ހެދި ގާޒީ ހުސެއިން ފާއިޒް ރަޝާދު ސަސްޕެންޑް ކުރުމުން އެހެން ގާޒީއަކު ވަގުތީ ގޮތުން ހަވާލުވެ، ބަންދާ މެދު ގޮތެއް ނިންމައިގެންނެވެ.

މި މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ވަނިކޮށް ލަމްހާ މީގެ ކުރިންވެސް ދެ ފަހަރެއްގެ މަތިން ދޫކޮށްލުމުން، މަތީ މަރުހަލާގެ ކޯޓަށް ގޮސްގެން ދައުލަތުން އޭނާ އަލުން ބަންދު ކޮށްފައިވެއެވެ.

ލަމްހާގެ މައްސަލައިގައި ގާޒީ ފާއިޒް ކުރިން ވިދާޅުވީ އޭރު ބަންދުން ދޫކޮށްލާފައިހުރި ލަމްހާ، އަލުން ބަންދުކުރުމާމެދު ގޮތެއް ނިންމޭނީ އޭނާގެ ފުށުން މުޖުތަމައުއަށް އޮތް ނުރައްކާ ބެލުމަށް އެސެސްމަންޓެއް ހެދުމަށް ފަހު ކަމަށެވެ. އެ އެސެސްމަންޓް ހަދަން ދައުލަތަށް އަންގާފައި މިއަދު އޭނާ އަލުން ބަންދު ކުރީ އެފަދަ އެސެސްމެންޓެއް ހަދައިގެން ކަމެއް ނުވަތަ ނޫން ކަމެއް ޔަގީނެއް ނޫނެވެ.

އައިޖީއެމްއެޗް ހޮސްޕިޓަލްގެ ނަރުހެއްގެ ގޮތުގައި ވަޒީފާ އަދާކުރަމުންދިޔަ ފިލިޕީންސްގެ ރައްޔިތެއް ކަމަށްވާ މޭރީ އަމިއްލައަށް ދަންޖެހިގެން މަރުވި ކަމަށް އޭނާގެ ފިރިމީހާ މާވިން ފުރަތަމަ ބުނި ނަމަވެސް، އެއީ ގަސްތު މަރެއްކަން ފަހުން ހާމަވުމުން މާވިން މައްޗަށް ދައުވާ ކޮށްފައި ވާއިރު، ލަމްހާގެ މައްޗަށް ތިން ދައުވާއެއް ކުރެ އެވެ.

އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި، އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުން އަދި ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved