March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ޕެންޝަން އޮފީހުގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި

Yana Shareef
ޔާނާ ޝަރީފް
Nov 5, 2025, 02:11 AM

ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) ހައްވާ ފަޖުވާ އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.

Advertisement

އޭނާ ލިންކްޑްއިން ޕޯސްޓެއްގައި އެކަން ހާމަކުރެއްވި ނަމަވެސް، އިސްތިއުފާދެއްވި ސަބަބެއް ވިދާޅެއްނުވެ އެވެ.

މަރުކަޒީ ބޭންކް، އެމްއެމްއޭން 2.4 ބިލިއަން ރުފިޔާ ހޯދައިގެން ސަރުކާރުގެ ޓީ-ބޮންޑެއްގައި އިންވެސްޓްކުރުމަށް ޕެންޝަން އޮފީހުގެ ބޯޑުގެ އަގުލަބިއްޔަތުން ނިންމުމާ ގުޅިގެން، އެކަމާ ދެކޮޅު ހެއްދެވުމުގެ ގޮތުން، އަހުމަދު ސަރުވަޝް އާދަމް ވަނީ މިދިޔަ މަހު އެ ބޯޑުން އިސްތިއުފާ ދެއްވާފަ އެވެ.

އޭނާ ވިދާޅުވެފައިވަނީ އެއީ ޕެންޝަން ފަންޑުގެ މެންބަރުންނާއި ރާއްޖޭގެ އިގުތިސޯދަށް ގެއްލުންވާނެ ނިންމުމެއް ކަމަށާއި އެ ބޮންޑް ގަތުމުގެ މުއާމަލާތާ މެދު ގާނޫނީ އަދި އިގްތިސާދީ ގޮތުން ސީރިއަސް ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

ސަރުކާރުގެ ބޮންޑެއް ޕެންޝަން ފަންޑުން ގަންނަ މައްސަލައިގައި، އެ އޮފީހުގެ ސީއެފްއޯގެ ހައިސިއްޔަތުން ފަޖުވާއަށް ވެސް ފާޑުކިޔުން އަމާޒުވި އެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު އަދުގެ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ދުވަހަކުވެސް ފައިސާ ޗާޕު ނުކުރާނެކަމަށެވެ. އެހެންނަމަވެސް ދާދި ފަހުން ސަރުކާރުން ފައިސާ ޗާޕުކުރަން ނިންމުމުން ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރަމުންނެވެ.

.
.
ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved