March 29, 2026
Advertisement
ވެލާނާގެ
ވެލާނާގެ / ސަން

ޕެންޝަން ފަންޑު "ފަޅާލާނެ" ވެރިއަކު ހޯދަން އިއުލާނުކޮށްފި

Yana Shareef
ޔާނާ ޝަރީފް
Feb 11, 2026, 03:11 AM

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން ފައިސާ ޗާޕު ކުރަން އެ އޮފީހުގެ ބޯޑަށް ޗެއާޕާސަންކަމަށް މީހަކު ހޯދަން އިއުލާނުކޮށްފިއެވެ.

Advertisement

ޕެންޝަން އޮފީހުގެ ބައިވެރިވުމާއެކު ގާނޫނާ ހިލާފަށް ސަރުކާރުން ފައިސާ ޗާޕު ކުރަން މަސައްކަތް ކުރަމުންދަނިކޮށް އެ އޮފީހުގެ ޗެއާމަން އަހުމަދު އިނާޒް ވަނީ އިސްތިއުފާ ދީފައެވެ.

އިނާޒް އިސްތިއުފާ ދެއްވުމަށްފަހު ވިދާޅުވީ 2.4 ބިލިއަން ރުފިޔާގެ ބޮންޑެއް މެދުވެރިކޮށް ސަރުކާރު ފައިސާ ޗާޕު ކުރަން މަސައްކަތް ކުރުމަކީ އިގްތިސާދަށް މި ހާލަތުގައި ގެއްލުން ބޮޑު ނިންމުމެއް ކަމަށެވެ.

އިނާޒްއަކީ ފައިސާ ޗާޕު ކުރަން އުޅޭ މައްސަލައިގައި ޕެންޝަން އޮފީހުގެ ބޯޑުން އިސްތިއުފާ ދެއްވި ހަތަރު ވަނަ މެންބަރެވެ. މީގެ ކުރިން ބޯޑު މެންބަރު އަޝްރަފް ރަޝީދާއި އަހުމަދު ސަރުވަޝް އާދަމްގެ އިތުރުން މާދިން ވެސް ވަނީ އިސްތިއުފާ ދީފައެވެ.

މީގެއިތުރުން، ފައިސާ ޗާޕު ކުރުމުގެ މުއާމަލާތާ ގުޅޭ ލިޔުމެއްގައި ސޮއި ކުރައްވަން ދެކޮޅު ހެއްދެވުމަށްފަހު ޕެންޝަން އޮފީހުގެ ޗީފް ފައިނޭންޝަން އޮފިސަރު ހައްވާ ފަޖުވާ ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

ފައިސާ ޗާޕު ނުކުރާނެކަމުގެ ވައުދާއެކު ވެރިކަމަށް އައުމަށްފަހު ސަރުކާރުން ވަނީ ފައިސާ ޗާޕުކުރަން ނިންމާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved