April 3, 2026
Advertisement
އެޑިއުކޭޝަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި
އެޑިއުކޭޝަން މިނިސްޓަރު، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި / ސޯޝަލް މީޑިއާ

ޕެންޝަން ފައިސާ ޖަމާނުކުރާ މުއައްސަސާތަކުގެ ލިސްޓަށް އިތުރު މުއައްސަސާއެއް، މި ފަހަރު އެޑިއުކޭޝަން މިނިސްޓްރީ!

Mariyam Isaadha
މަރިޔަމް އިސާދާ
Feb 14, 2026, 12:15 AM
މާލެ ސިޓީ

މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ ދަށުން މަސައްކަތްކުރާ މުވައްޒަފުންގެ ޕެންޝަން ފަންޑަށް އެ މިނިސްޓްރީން ޖަމާކުރަންޖެހޭ ފައިސާ ޖަމާނުކުރާކަން ހާމަވެއްޖެއެވެ.

Advertisement

މިކަން ހާމަވެފައިވަނީ އެ މިނިސްޓްރީގައި މަސައްކަތްކުރަމުންދާ ބައެއް މުވައްޒަފުންގެ ޕެންޝަން ފައިސާގެ ތަފްސީލުންނެވެ. އެގޮތުން ބައެއް މުވައްޒަފުންގެ ޕެންޝަން އެކައުންޓުތަކުގެ ތަފްސީލުން އެނގޭ ގޮތުގައި އެ ފައިސާ ޖަމާ ނުކުރާތާ 6 މަހަަށްވުރެ ގިނަ ދުވަސް ވަނީ ވެފައެވެ.

ކޮންމެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓް ޕެންޝަން ފަންޑަށް އުނިކޮށް، ވަޒީފާދޭ ފަރާތުން ވެސް އެ މުވައްޒަފެއްގެ އަސާސީ މުސާރައިގެ ހަތް ޕަސެންޓާ އެއްވަރުގެ އަދަދެއް ޕެންޝަން ފަންޑަށް ޖަމާކުރުމަކީ ރާއްޖޭގެ ޕެންޝަނާބެހޭ ގާނޫނުގައި ބުނާ ގޮތެވެ.

ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު، އެޑިއުކޭޝަން މިނިސްޓްރީއިން މުވައްޒަފުންގެ މުސާރައިން އުނިކުރާ ބައި ޕެންޝަން ފަންޑަށް ދައްކަމުންދިޔަ ނަމަވެސް، ވަޒީފާދޭ ފަރާތުގެ ހައިސިއްޔަތުން މިނިސްޓްރީއިން ދައްކަންޖެހޭ ބައި ޖަމާކޮށްފައެއް ނުވަނީއެވެ.

މިކަމުގައި މިނިިސްޓްރީގެ ބަހެއް ނެތްއިރު، މިފަދަ މައްސަލައެއް ދާދިފަހުން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އިންވެސް ފެންމަތިވެފައިވެއެވެ.

ސަރުކާރުގެ ބައެއް އެހެން އިދާރާތަކުންވެސް ޕެންޝަން ފައިސާ ގަވާއިދުން ނުދައްކާ ކަމުގެ ޝަކުވާތައް އިތުރުވަމުންދާއިރު، ވަޒީފާ އަދާކުރާ ކޮންމެ ދިވެއްސަކާއި ވަޒީފާދޭ ފަރާތުން ޕެންޝަނަށް ފައިސާ ދެއްކުމަކީ ގާނޫނީގޮތުން ލާޒިމްކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved