March 16, 2026
Advertisement
ހައްވާ ފަޖުވާ
ހައްވާ ފަޖުވާ / ޕެންޝަން އޮފީސް

ޕެންޝަން އޮފީހުގެ ސީއެފްއޯ އިސްތިއުފާ ދެއްވައިފި

Mariyam Isaadha
މަރިޔަމް އިސާދާ
Nov 5, 2025, 02:20 AM
މާލެ ސިޓީ

މޯލްޑިވްސް ޕެންޝަން އޮފީހުގެ ޗީފު ފައިންނޭޝިއަލް އޮފިސަރގެ މަގާމުގައި ހުންނެވި ހައްވާ ފަޖުވާ، މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

Advertisement

ފަޖުވާ ސޯޝަލް މީޑިޔާގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެކަމާ ގުޅޭ ގޮތުން ފުންކޮށް ވިސްނެވުމަށްފަހު، ޕެންޝަން އޮފީހަށް އިސްތިއުފާ ހުށަހަޅުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އިސްތިއުފާ ދެއްވަން ނިންމެވި ސަބަބެއް އޭނާ ހާމައެއް ކުރައްވާފައި ނުވެއެވެ.

ފަޖުވާ އިސްތިއުފާ ދީފައި މިވަނީ ޕެންޝަން އޮފީސް މެދުވެރިކޮށް ފައިސާ ޗާޕު ކުރަން ސަރުކާރުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ފައިސާ ޗާޕުނުކޮށް އިގްތިސާދު ހިފެހެއްޓުމަކީ ރައީސް މުހައްމަދު މުއިއްޒުގެ ވައުދެކެވެ. އެކަމަކު، ސަރުކާރުން މިހާރު ވަނީ އޮޅުވާލައިގެން ފައިސާ ޗާޕު ކުރަން ނިންމައިފަ އެވެ. ފައިސާ ޗާޕު ކުރަން އުޅެނީ މަރުކަޒީ ބޭންކުން ޕެންޝަން އޮފީހަށް ފައިސާ ދިނުމުން، އެ އޮފީހުން ފައިނޭންސް މިނިސްޓްރީގެ ބޮންޑަކަށް އިންވެސްޓުކޮށްގެންނެވެ.

މިކަމަށް އިހުތިޖާޖުކުރުމުގެ ގޮތުން އޮކްޓޯބަރު 22، ގައި ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އާދަމް އިސްތިއުފާ ދެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved