March 23, 2026
Advertisement
ޕީއެންއެފް ޖަލްސާ
ޕީއެންއެފް ޖަލްސާ / ޝާވިން | ތޭރަ އިމޭޖްސް

ތަރައްގީ އަކީ ހަގީގަތުގައި ކޯއްޗެއްކަން އެނގިގެންދިޔައީ ރައީސް ޔާމީންގެ ޒައާމަތުގައި: އިބްރާހިމް

Aishath Naja
އައިޝަތު ނަޖާ
Mar 2, 2024, 08:01 PM
މާލެ ސިޓީ

ތަރައްޤީ އަކީ ކޯއްޗެއްކަން ދިވެހިރާއްޖޭގެ ރައްޔިތުންނަށް އެނގިގެންދިޔައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ކަމަށް އެމަނިކުފާނުގެ ޕާޓީގެ ފަރާތުން 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އަލިފުށީ ދާއިރާއަށް ވާދަކުރައްވާ އިބްރާހިމް އަބްދުލްކަރީމް (މަންޑޭ) ވިދާޅުވެއްޖެއެވެ.

Advertisement

މަންޑޭ މިފަދައިން ވިދާޅުވެފައިވަނީ ފްރޮންޓް އޮފީހުގައި މަޖިލިސް އިންތިޚާބަށް އެ ޕާޓީގެ ފަރާތުން ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ސިޔާސަތު ހުށަހެޅުމަށް ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާ ތަކުގެ ތެރެއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އެގޮތުން މަންޑޭ ވިދާޅުވީ 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރަށް ރައީސް ޔާމީން ވަނީ ރާއްޖޭގެ ތަރައްގީއަށާއި އިގްތިޞާދަށް އިންގިލާބެއް ގެނެސްދެއްވާފައިކަމަށެވެ.

އޭގެއިތުރުން މަންޑޭ ވަނީ ރައީސް ޔާމީންގެ ޒައާމަތުގެ ފަސް އަހަރާއި ނިމިދިޔަ ސަރުކާރުގެ 5 އަހަރާ އަޅައި ކިޔުއްވާފައެވެ.

ވޭތުވެގެންދިޔަ މާޒީގައި އަޅުގަނޑުމެން ދުށް ވެރިކަންތަކަށް ބަލާފައި އަޅުގަނޑުމެން ދުށީމު މިދިޔަ ފަސް އަހަރުގެ ވެރިކަމާ އަދި އޭގެ ކުރީގެ ފަސް އަހަރުގެ ވެރިކަން އެ ފަސް އަހަރު ތެރޭގައި މި ދަންނަވަނީ އަޅުގަނޑުމެންގެ މި ދިވެހިރާއްޖޭގެ ތަރައްގީއާ އިގްތިޞާދަށް އިންގިލާބެއް ގެނެވުނު ވެރިކަމެއް އަޅުގަނޑުމެން ދުށީމު 2013 ން 2018 އަށް.

އިބްރާހިމް އަބްދުލްކަރީމް (މަންޑޭ)

އޭގެއިތުރުން މަންޑޭ ވިދާޅުވީ ތަރައްގީ އަކީ މަޖިލިސް މެޖޯރިޓީ ލިބުމުން ގެނެވޭނެ އެއްޗެއް ނޫންކަމަށެވެ.

މަޖިލިސް އިންތިޚާބާ ދިމާކޮށް އަދުގެ ސަރުކާރުން ރަށްރަށަށް ވަޑައިގެން ވައުދުތައް ވަމުން އަންނަ އިރު ބުނަމުން ދަނީ ރާއްޖެއަށް ތަރައްގީ ގެނެސްދެވޭނީ ސަރުކާރަށް 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބް ކާމިޔާބުވުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved