April 24, 2026
Advertisement
ކެބިނެޓް މީޓިންއެއް ކުރިއަށް ދަނީ
ކެބިނެޓް މީޓިންއެއް ކުރިއަށް ދަނީ / ރައީސް އޮފިސް

ޑިމޮކްރެސީގެ ހުރިހާ ބާރެއް މި ސަރުކާރުގައި ފެއިލްވެއްޖެ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 5, 2025, 02:34 AM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑިމޮކްރެސީގެ ހުރިހާ ބާރެއް ވަނީ ފެއިލްވެފައި ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފުރަތަމަ ގައުމީ ޖަލްސާގައި ވާހަކަފުޅު ދައްކަމުން ރައީސް ޔާމީން ވިދާޅުވީ، ބަދަލަކަށް އެދި ގެނައި ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ނިމިދިޔަ އެމްޑީޕީ ސަރުކާރަށްވުރެ ގޯސްކަމަށް ވިދާޅުވެފައެވެ. އެގޮތުން ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުން އިންތިހާއަށް ގޮސްފައިވާއިރު ކޮރަޕްޝަން އޮތީ އަތު ފަތު ނުޖެހިކަން އެމަނިކުފާނު ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، މިއަދު ޑިމޮކްރެސީގެ ހުރިހާ ބާރެއް ފެއިލްވެ ރައްޔިތުންނަށް އިހުމާލުވެފައިވާ ކަމަށެވެ.

އެގޮތުން އާސަންދައާ ބޭސްފަރުވާގެ ހިދުމަތް ފަދަ އަސާސީ ހައްގުތަކަށް ސަރުކާރުން އިހުމާލުވެ ރައްޔިތުންގެ އުއްމީދުތައް ގެއްލުވާލާފައިވާކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރާއްޖެ ޑިމޮކްރެސީއަށް ކުރި ދިގު ދަތުރުގައި މިއަދު ރާއްޖެ އެކަމަށް ފައްކާވެފައިވާއިރު، މުޅި ޑިމޮކްރެސީއަކީ ރައްޔިތުން ކަމަށެވެ.

ރައީސް ޔާމީން ވަނީ އެހެންކަމުން ރައްޔިތުން ދެން ބަލާނީ ރައްޔިތުންނަށް ތަސައްލީއެއް ގެނެސްދޭނީ ކޮން ބައެއްތޯ ކަމާ އެގޮތުން ރައްޔިތުންގެ ޝަކުވާތަކަށް ނިމުމެއް ގެނެސްދޭނީ ފަޅުތަކާ ގިރިތަކާ އަދި އަމިއްލަ ފައިދާއަށް މަސައްކަތް ނުކުރާ މީހުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވި މި ސަރުކާރުން ވަނީ ޑިމޮކްރެސީ ހުރިހާ ބާރެއް މި ސަރުކާރުގައި ފެއިލްކޮށް މުޅި ޑިމޮކްރެސީ ދައިމަތި އަޅާފައި ކަމަށެވެ.

ސަރުކާރުން ވަނީ ޑިމޮކްެރެޓިކު ވެލިއުސްތައް ދައިމަތި އަޅާފައި. ޑިމޮކްރެސީ ހުރިހާ ބާރެއް މި ސަރުކާރުގައި ފެއިލްވެއްޖެ. ގުޑް ގަވަނަންސްގެ އެންމެ މައި ތަނބުކަމުގައިވާ ރައްޔިތުންގެ ހައްގުތަކަށް ސަރުކާރުން އިހުމާލުވެއްޖެ.

ރައީސް ޔާމީން

އެއްވެސް ކަމެއް ނުކުރެވޭއިރުވެސް ކަންކަން ކުރެވޭކަމަށް ދައްކަން މި ސަރުކާރުން އުޅެނީ އޮފުދާރުކުރަންކަމަށް ވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved