March 16, 2026
Advertisement
ޕީއެންއެފްގެ ނައިބު ރައީސް ޒެއިން ޔާމީން
ޕީއެންއެފްގެ ނައިބު ރައީސް ޒެއިން ޔާމީން / ތޭރަ އޮންލައިން

އައު ޖޯޝެއްގައި ޕީއެންއެފަށް މެމްބަރުން އިތުރު ކުރަނީ!

Nov 5, 2025, 02:53 AM
މާލެ ސިޓީ

އަލުން އައު ޖޯޝެއްގައި ނުކުމެ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)އަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް އެ ޕާޓީއިން ފަށާނެކަން ހާމަކޮށްފިއެވެ.

Advertisement

ޕީއެންއެފްގެ ގައުމީ ޖަލްސާގައި އެ ވަގުތު ޕާޓީގެ ވަގުތީ ރައީސްގެ މަގާމުކަމުގައި ހުންނެވި، ޕާޓީގެ މިހާރުގެ ނައިބު ރައީސް ޒެއިން އަބްދުﷲ ޔާމީން ވިދާޅުވީ، ޕީއެންއެފްގެ މެމްބަރުން ވަގަށް އެހެން ޕާޓީތަކަށް ގެންދާ މައްސަލައަކީ ބޮޑުވެފައިވާ މައްސަލައެއް ކަމަށާ، އެކަމުގައި މުއައްސަސާތައް ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވާނެ ކަމަށްވެސް ޒެއިން ވަނީ ވިދާޅުވެފައެވެ.

ޒެއިން ވިދާޅުވީ އެ ހިތްވަރު އެމަނިކުފާނުގެ ކިބައިގައި ހުންނާނެ ކަމަށާ ޕީއެންއެފާ މެދު ސަރުކާރުން ކަން ކުރި ގޮތާ ކުރަމުން އަންނަ ގޮތްވެސް ރައްޔިތުންނަށް ލައިވް ޓީވީއިން ފެނި ހާމަވަމުންދާނެ ކަމަށެވެ.

ޒެއިން ވިދާޅުވީ 3000 މެމްބަރުންވެސް ދަތި އުނދަގުލުގައި ވެސް ހަމަކޮށް ޕާޓި އުފެއްދެވި ގޮތަށް އަދިވެސް ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ ހިތްވަރުވެސް ހުންނާނެ ކަމަށާ، އަލުން އައު ޖޯޝެއްގައި ޕީއެންއެފަށް މެމްބަރުން އިތުރުކުރަން އެ ޕާޓީއިން މަސައްކަތް ފަށާނެ ކަމަށެވެ.

ޒެއިން މިފަދައިން ވިދާޅުވެފައިވާއިރު، ޕީއެންއެފް އުފައްދަން ބޭއްވި ޖަލްސާއަށްވެސް ސަރުކާރުން ހުރަސް އަޅާފައިވެއެވެ. އަދި ހޯމް މިނިސްޓްރީ ތެރޭގައި ޑިއެންއާރުން ވައްކަން ކޮށް ޕިއްޒާ ޕާޓީ ބާއްވާ ޕީއެންއެފްގެ އެތައް މެމްބަރުންނެއް ވަގަށް ވެރިކަން ކުރާ ޕާޓީ، ޕީއެންސީއަށް ވައްދާފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved