
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފުވައްމުލަކު ސިޓީއަށް ވަޑައިގަންނަވަން ލަދުގަންނަން ޖެހޭނެކަމަށް އެ ސިޓީއަށް ނިސްބަތްވެވަޑައިގަންނަވާ, ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލު ވިދާޅުވެއްްޖެއެވެ.
ރައްޔިތުންގެ ހާލު ގާތުން ބެލުމަށްކަމަށް ބުނެ ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރައްވާ ރައްޔިތުންނަށް ވައުދުތަށް ވުމަށް ރައީސް މުއިއްޒު ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީއަށް ދަތުރުފުޅު ފެެއްޓެވީ އަންގާރަ ދުވަހުއެވެ.
އެގޮތުން އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގެންފައިވަނީ ފުވައްމުލަކު ސިޓީއަށެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްްގައި މަލީހު ވިދާޅުވީ ރައީސް މުއިއްޒު ވަނީ ހުސް ހޮޅި ވައުދުކަމަށެވެ. ރައީސް މުއިއްޒު ފުވައްމުލަކަށް ކަމެއް ނުކޮށްދެވުނުތާ ދަތުރުފުޅާ ދިމާކޮށް އެތައް އިސްރާފެއް ކޮށްފައިވާކަމަށް މަލީހު ވިދާޅުވިއެވެ.
އެގޮތުން އެމަނިކުފާނާއި އެމަނިކުފާނުގެ ވަފުދު ތިއްބެވުމަށް 100 ކޮޓަރި ކުއްޔަށް ނެންގެވީ ދައުލަތުން ކިހާ ފައިސާއެއް ހަރަދުކޮށްގެންތޯ މަލީހު ވަނީ ސުވާލުކުރައްވާފައެވެ. މީގެއިތުރުން ފްލައިޓަށް ފައިސާ ދެއްކީ ޕީއެންސީއިންތޯ ވެސް މަލީހުގެ ޕޯސްޓުގައި އަހާފައިވެއެވެ.
މަލީހު ވަނީ ރައްޔިތުންގެ ޓެކްސް ފައިސާ އިސްރާފު ނުކުރުމަށްވެސް މުއިއްޒަށް ގޮވާލާފައެވެ.










