March 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ސޯޝަލް މީޑިއާ

އައްޑޫ ބްރިޖުގެ މަސައްކަތް ފެށުން އަންނަ އަހަރަށް ފަސްކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 6, 2025, 12:22 AM
މާލެ ސިޓީ

އައްޑޫ ސިޓީ ހުޅުދޫ އާއި ހިތަދޫއާ ދެމެދު އަޅާ ބްރިޖުގެ މަސައްކަތް ފެށުން އަންނަ އަހަރަށް ރައީސް މުއިއްޒު ފަސްކޮށްފިއެވެ.

Advertisement

ހުޅުދޫ އާއި ހިތަދޫ ގުޅުވާ ބްރިޖްގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް މި ބްރިޖްގެ މަސައްކަތް ފެށުމަށް ސަރުކާރުން އަންނަނީ ތާރީޚަކަށްފަހު ތާރީޚެއް ކަނޑައަޅަމުންނެވެ.

އައްޑޫއަތޮޅަށް މުއިއްޒު މިހާރު ކުރައްވާ ދަތުރުގެ ތެރެއިން ހުޅުދޫ-މީދޫ ރައްޔިތުންނާއި ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން ވިދާޅުވީ އައްޑޫ ބްރިޖަކީ ވައުދެއް ކަމަށެވެ.

މުއިއްޒުގެ ދަތުރުތަކުގައި ވައުދުތައް ވެ، ވައުދުތައް ނުފުއްދާ، ދެވަނަ ފަހަރަށް ރަށްރަށަށް ވަޑައިގަންނަވާ އިރުވެސް އެއް ވައުދުތަކެއް ތަކުރާރު ކުރާތީ މުއިއްޒަށް އަންނަނީ ބޮޑެތި ފާޑުކިޔުންތައް އަމާޒުވަމުންނެވެ.

އައްޑޫގައި ހަދާ ބްރިޖު ވާނީ ރާއްޖޭގައި ހަދާނެ އެންމެ ބޮޑު ބްރިޖްކަމަށް ބުނެ ދެ އަހަރުވީއިރުވެސް ސަރުކާރުން އަދިވެސް އަންނަނީ އަމަލީ މަސައްކަތެއް ނުކޮށް ބްރިޖް ޕްރޮމޯޓް ކުރަމުންނެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް ބިޑިންއަށް ހުޅުވާލައިގެން ޑިޒައިން ހެދުމަށް ޗައިނާގެ ކުންފުންޏަކަށް ހަވާލުކޮށްފައިވާ ކަމަށާއި ހަ މަސް ދުވަހުގެ ތެރޭގައި ހުރިހާ ކުރެހުންތަކާއި ފަންނީ މައުލޫމާތުތަކާއެކު ތިން އޮޕްޝަނަކަށް ޑިޒައިން ހުށަހެޅުމަށް އެއް ބިލިއަން ރުފިޔާގެ އެގްރިމެންޓްގައި ސޮއިކޮށްފައިވާ ކަމަށްވެސް މުއިއްޒު ވިދާޅުވިއެވެ.

ބްރިޖްގެ އަމަލީ މަސައްކަތް މި ފަސް އަހަރުގެ ތެރޭގައި ފެނިދާނެ ކަމާއިމެދު އައްޑޫ ރައްޔިތުންވެސް ތިބީ ސުވާލުއުފެދިފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved