theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ރައީސް އޮފިސް
ސިޔާސީ
މުއިއްޒުގެ އަމަލުތައް ވައްތަރީ ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" އާ: މަލީހު
Mariyam Isaadha
މަރިޔަމް އިސާދާ
06 ނޮވެމްބަރު 2025
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒުގެ އަމަލުތައް ވައްތަރީ ރާއްޖޭގެ މަޝްހުރު ކޮމެޑިއަން ޔޫސުފް ރަފީއު (ޔޫސޭ)ގެ ޑްރާމާ ސީރިއަލް "ދިރިއުޅުމަކީ މިއީބާ"އާ ކަމަށް ވިދާޅުވެ ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުވިދާޅުވުން އަމާޒުކުރައްވައިފިއެވެ.

މަލީހު މިފަދަ ގޮތަކަށް ރައީސް މުއިއްޒަށް އަމާޒުކުރައްވާ ފާޑުވިދާޅުވެފައި މިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ރައީސް މުއިއްޒު އިހަކަށް ދުވަހު ފުވައްމުލަކު ސިޓީއަށް ވަޑައިގެން ރިބަން ކަނޑުއްވައިދެއްވި ބޭންކް އޮފް މޯލްޑިވްސްގެ ޑޮލަރު އޭޓީއެމް މެޝިންގެ ޚިދުމަތް އެމަނިކުފާނު އެ ސިޓީއިން ފުރާވަޑައިގަތުމާ އެކު ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ބުނާނެ މީހަކު ސޯޝަލް މީޑިޔާގައި ހިއްސާކޮށްފައިވާ ޕޯސްޓެއް ހިއްސާކުރައްވާ މަލީހު ވަނީ އެކަމާ ގުޅިގެން ފާޑުވިދާޅުވެފައެވެ.

މަލީހު ވިދާޅުވި ގޮތުގައި، ރައީސް މުއިއްޒުގެ އަމަލުތަކާ ވާހަކަތަކާ މެދު ވެސް އިތުބާރު ގެއްލިފައިވާ ކަމަށާ އަމަލުތަކުން ބޮޑަށް ފެންނަނީ އަދި އަމަލުތައް ބޮޑަށް ވައްތަރީވެސް ޔޫސޭގެ "ދިރިއުޅުމަކީ މިއީބާ" ޑްރާމާޔާ ކަމަށެވެ.

މަލީހު އިތުރަށް ވިދާޅުވެފައިވަނީ، ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅުތައް ސީރިއަސްކޮށް ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ.

މަލީހު މިފަދައިން ވިދާޅުވެފައިވާއިރު ރައީސް މުއިއްޒަކީ ބަހާ އަމަލާ ދިމާ ނުވާ ވެރިއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved