April 3, 2026
Advertisement
.
. / އައިކެއަރ އޮޕްޓިކަލްސް

އައިކެއަރއިން ކާމިޔާބުކަމާއެކު ބޮޑު ރެޓިނާ ސާޖަރީއެއް ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Nov 6, 2025, 08:35 PM

އައިކެއަރ ހޮސްޕިޓަލްގައި ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީ ސާޖަރީއެއް ހަދައިފި އެވެ.

Advertisement

އައިކެއަރއިން ބުނީ މިމަހުގެ ދެވަނަ ދުވަހު އައިކެއަރ ހޮސްޕިޓަލްގައި 51 އަހަރުގެ ބަލިމީހަކަށް ކޮމްބައިންޑް ބެލްޓް ބަކަލް އަދި ޕަރސް ޕްލާނާ ވިޓްރެކްޓަމީގެ ފަރުވާ ކާމިޔާބުކަމާއެކު ދެވިފައިވާ ކަމަށެވެ.

މި އޮޕަރޭޝަން ކުރައްވާފައިވަނީ އައިކެއަރ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ވިޓްރިއޯ-ރެޓިނަލް ސާޖަން، ޑރ. އަމޯގް އަސްގަވޮންކަރ އަދި އޭނާގެ ހާއްސަ ޓީމުންނެވެ.

މި ސާޖަރީ ކުރެވުނީ ކައިރި ފެނުމުގެ މައްސަލަ ހުރި ލޮލެއްގައި ދިމާވެފައިވާ ރެޓިނާ ޑިޓެޗްމަންޓްގެ ބޮޑު މައްސަލައެއް ހައްލުކުރުމަށް ކަމަށް އައިކެއަރއިން މައުލޫމާތުދެ އެވެ. މި ހާލަތުގެ ނާޒުކުކަމަށް ބަލާއިރު، މި އޮޕަރޭޝަނަކީ ހާއްސަ ސަރޖިކަލްގެ ފަރުވާތެރިކަމާއި، ހުނަރުވެރިކަން ބޭނުންވާ ސާޖަރީއެއް ކަމުގައި އެ ހޮސްޕިޓަލުން ފާހަގަކުރެ އެވެ.

މިއީ ރާއްޖޭގައި މިބާވަތުގެ ބޮޑު ރެޓިނާ ސާޖަރީއެއް ކާމިޔާބުކަމާއެކު ކުރެވުނު ފުރަތަމަ ފަހަރު ކަމުން، މިއީ އައިކެއަރ ހޮސްޕިޓަލަށް ލިބުނު ވަރަށް މުހިންމު ކާމިޔާބީއެއްކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފަ އެވެ.

މީގެއިތުރުން، މި ފުރިހަމަ އޮޕަރޭޝަން ކާމިޔާބުވުމަކީ، ރާއްޖޭގެ ލޮލުގެ ފަރުވާގެ ދާއިރާގައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އައިކެއަރއިން ބުނެފައިވެ އެވެ. އަދި މިކަމުގެ ސަބަބުން ދިވެހި ބަލިމީހުންނަށް މިހާރު ރާއްޖެއިން ބޭރަށް ދަތުރުކުރުމުގެ ބޭނުމެއްނެތި، ރާއްޖޭގައި ތިބެގެން ޒަމާނީ ރެޓިނާ ސަރޖަރީތަކުގެ ފަރުވާ ލިބިގެންދާނެ ކަމަށް ވެސް އައިކެއަރއިން ވަނީ ބުނެފަ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved