March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

5 ހަފްތާ ތެރޭ އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭން ބުނެފައި ވެސް ނުދޭ

Yana Shareef
ޔާނާ ޝަރީފް
Nov 7, 2025, 12:59 AM

އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ފައިސާ ސަރުކާރުން އަދިވެސް ދީފައިނުވާކަން ހާމަވެއްޖެއެވެ.

Advertisement

މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އަމިއްލަ ކުންފުނިތަކަށް ނުދީ ހުރި ފާއިސާ ދީ ފަސް ހަފްތާގެ ތެރޭގައި ހަލާސް ކުުރާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު ހަމަވި އިރު ދޭން ޖެހޭ ފާއިސާ ދީފައި ނުވާކަން ވަނީ ހާމަވެފަ އެވެ.

މިކަން ފޫބެއްދުމަށް ބުރާސްފަތި ދުވަހު ސަރުކާރުން ހިންގާ ޖުމްލަ 206 މަޝްރޫއެއް އަމިއްލަ ކުންފުނިތަކަށް ހަވާލުކޮށްފައިވެއެވެ. ސަރުކާރުން އެއީ އަމިއްލަ ކުންފުނިތަކެއްކަމަށް ބުނި ނަމަވެސް ގިނައީ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު ތަމްސީލު ކުރާ ޕާޓީގެ މެމްބަރުންގެ ކުންފުނިތަކެވެ.

މީގެއިތުރުން ވުޖޫދުގައި ވެސް ނެތް ކުންފުނިތަކަށް ބައެއް ރަށްރަށް ރަށުގެ ޕޮލިސް އިމާރަތް އެޅުމަށް ވެސް ހަވާލުކޮށްފައިވެއެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވާ ރައީސް މުހައްމަދު މުއިއްޒު ވިދާޅުވީ ސަރުކާރުން ދޭންޖެހޭ ފައިސާ ދެއްކުމުގައި އެއްވެސް ތާށިކަމެއްނެތި، ބަރާބަރަށް ފައިސާ ދައްކަވާނެ ކަމަށެވެ.

އެހެންނަމަވެސް މުއިއްްޒުގެ ވާހަކައިގައި މިހާރު އެއްވެސް އިތުބާރެއް ނެތްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ މީސްމީޑިއާގައި ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved