March 2, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ނާޒިމްއާއި ގާތްގުޅުން އޮންނަ އެފްއެސްއެމް އިން ތެޔޯ ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަނީ

Yana Shareef
ޔާނާ ޝަރީފް
Nov 9, 2025, 04:09 AM

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ބޮޑުވެފައިވާކަމަށް ވިދާޅުވެ އެކަން ހައްލުކުރުމުގެ ގޮތުން އެ ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރަން ނިންމާފައިވާކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ފާތިމަތު އާޝާން ވިދާޅުވެއްޖެ އެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިކަން ހާމަކުރައްވަމުން އާޝާން ވިދާޅުވީ، ވަގަށް ތެޔޮ ވިއްކާ މައްސަލަ، ކުންފުނީގެ މެނޭޖްމަންޓުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ނިންމާފައިވާ ކަމަށެވެ.

އާޝާން ވިދާޅުވީ، އެފްއެސްއެމްގެ ބާޖުތަކުން ވަގަށް ތެޔޮ ވިއްކާ މައްސަލަ ހައްލުކުރުމުގެ ގޮތުން ބާޖުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށްޓަކައި މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ފަށާފައިވާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން ސީސީޓީވީއާއެކު ވަގުތުން މަންޒަރުތައް ބަލައިލެވޭނެ "މޮޑަމް" އެއް ވެސް ހަރުކުރާނެކަމަށާއި، މިހާރުވެސް އެފްއެސްއެމްގެ ދެ ބާޖެއްގައި މޮޑަމް ހަރުކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން، މި މައްސަލަ ހައްލުކުރުމަށްޓަކައި، ބާޖުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ކޮންމެ ތިން މަހަކުން ބަދަލުކުރުމަށް ވެސް ނިންމާފައިވާނެ ކަމަށް އާޝާން ވިދާޅުވެފައިވެ އެވެ.

އެފްއެސްއެމްގެ ބާޖުތަކުން ވަގަށް ތެޔޮ ވިއްކުމުގެ މައްސަލަތައް އިތުރުވެފައިވާކަމަށް އެމްޑީ ވިދާޅުވިއިރު މިކަން ހިނގަނީ އަޑީގައި ސަރުކާރުގެ ބޮޑެތިންތަކެއް ތިބެގެންނެވެ. ކެމެރާ ހަރުކުރުމަކީ ވަގުތުން ވެސް ކުރެވެން އޮތްކަމަކަށްވާއިރު ކެމެރާ ހަރުކުރުމަށް އެއް އަހަރު ބޭނުންވާނެކަމަށް އެމްޑީ ވިދާޅުވުމުން ދޭހަވަނީ ތެލުން ވައްކަންކުރުމަށް ވަގުންނަށް އެއް އަހަރު އިތުރަށް ލިބިގެންދާނެކަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved