March 16, 2026
Advertisement
-
- / ރައީސް އޮފިސް

ހަނިމާދޫ އެއާޕޯޓް ހުޅުވަން މޯދީގެ އެންމެ ޚާއްސަ މަންދޫބު ރާއްޖެއަށް ގެނެސްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 9, 2025, 11:23 PM
މާލެ ސިޓީ

ހަނިމާދޫ އިންޓަނޭަޝަނަލް އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތަށް މޯދީގެ އެންމެ އަރިސް އަދި އެންމެ ޚާއްސަ މަންދޫބު މިނިސްޓަރ އޮފް ސިވިލް އޭވިއޭޝަން ކިންޖަރަޕު ރާމް މޯހަން ނައިދު މުއިއްޒުގެ ސަރުކާރުން ގެނެސްފިއެވެ.

Advertisement

އިންޑިއާގެ ސިވިލް އޭވިއޭޝަން މިނިސްޓަރުގެ އަރިހުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން ދާއިރާގެ ވަފުދެއް ވެސް ހިމެނިވަޑައިގަންނެވުމާއި އެކު އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވެއެވެ.

މިގޮތުން، މިފަދަ ދަތުރުތަކުގައި މިހާރުގެ ސަރުކާރުން އިންޑިއާއާއި އެކު ގޮތް ނޭގޭ އެކި މަޝްރޫއުތަކުގައި ސޮއިކޮށް، ރާއްޖޭގެ ދަރަނި މަތިކުރަމުން ދާތީ އާންމުންވަނީ ކަންބޮޑުވެފައެވެ.

އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް އެހީގެ ދަށުން ކުރިއަށް ދިޔަ ހަނިމާދޫ އެއާޕޯޓް މަޝްރޫއު ނިމުމާއިއެކު އިންޑިއާގެ އަސްކަރީ ބާރުތަކުން އެ ސަރަހައްދުގައި ހަރަކާތްތެރިވުމުގެ ބިރުވެސް އާންމުންގެ ހިތުގައިވަނީ އަށަގަނެފައެވެ.

ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލު ކޮންމެ ފަހަރަކު ގޮސް އިންޑިއާއާއި ގުޅިގެން ދިޔުމަކީ މި ގައުމުގައި މިހާރު ހަގީގީ މިނިވަންކަމެއް ނެތް ކަމުގެ އިޝާރާތެއް ކަމަށްވެސް ގިނަ ބަޔަކު ދެކެއެވެ.

މީގެ އިތުރުން، މިރޭ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ހުޅުވާއިރު އެ އެއާޕޯޓުގައި އަދިވެސް ހަތަރުފަސް މަހުގެ މަސައްކަތް ނުނިމި އެބަހުރި ކަމަށް އެ ރަށު ކައުންސިލުން މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved