April 27, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ސަހްޔޫނީންނަށް ޚާއްސަ ސަރަހައްދެއް އިންޑިއާގައި، އިންޑިއާ މީހުންނަށްވެސް ވަނުން މަނާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 9, 2025, 09:23 PM
މާލެ ސިޓީ

އަނިޔާވެރި ސަހްޔޫނީން ޣައްޒާގެ ރައްޔިތުންނަށް ހަމަލާދީ އެތަކެއް ބަޔަކު ޝަހީދުކޮށްލުމަށްފަހު އެމީހުން ހިތް އުފާކޮށްލާ، މަޖާކޮށްލަން އިންޑިއާގައި އެމީހުންނަށް ވަކި ސަރަހައްދެއް ކަނޑައަޅާ އިންޑިއާގެ ރައްޔިތުންނަށްވެސް ނުވަދެވޭ ގޮތަށް ވަނީ ހަދާފައެވެ.

Advertisement

މި ސަރަހައްދު ފުރިފައިވަނީ ސަހްޔޫނީންގެ މީހުންތަކުން ކަމަށާއި މި ސަރަހައްދުގައި އެމީހުން ޕާޓީކޮށް، ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު އިންޑިއާ ސަރުކާރުން ވަނީ ފަހިކޮށްދީފައެވެ.

އިންޑިއާގެ މޯދީ ސަރުކާރަކީ ސަހްޔޫނީންނަށް ވާގިވެރިވެ ޣައްޒާ ރައްޔިތުންނާއި ދެކޮޅު، އެމީހުން މަރަން އަސްކަރީ ހަތިޔާރު ސަހްޔޫނީންނަށް ފޯރުކޮށްދީ ޣައްޒާ ރައްޔިތުން މަރާލާ އެމީހުންނަށް ފާޅުގައި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި މަލާމާތްކުރަމުން އަންނަ ބަޔެކެވެ.

-
-

މީގެ އިތުރުން، ޣައްޒާއާއި ދެކޮޅަށް ހަނގުރާމަކުރުމަށް މޯދީ ވަނީ އިންޑިއާގެ ސިފައިން ޣައްޒާގެ ބޯޑަރު ކައިރީގައި ސަހްޔޫނީންނަށް އެހީތެރިވުމަށްވެސް ފޮނުވާފައެވެ. ސަހްޔޫނީންގެ ލަޝްކަރުގެ ތެރެއިން އިންޑިއާ ސިފައިން ހަރަކާތްތެރިވާ ވީޑިއޯތައްވެސް ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވެއެވެ.

މުސްލިމް ނަސްލެއް ނުވަތަ 60،000 ހާހަށްވުރެ ގިނަ މީހުން ޝަހީދުކޮށްލައިފައިވާ މީހުންނަށް އިންޑިއާއިން ވަކި ސަރަހައްދެއް ގާއިމުކޮށް އިންޑިއާ މީހުންނަށްވެސް ނުވަދެވޭ ގޮތް ހެދުމަކީ ޣައްޒާ ރައްޔިތުންނާއި ދެކޮޅަށް އިންޑިއާއިންވެސް ގަތުލުއާންމު ހިންގުންފަދަ ކަމެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved