March 16, 2026
Advertisement
މަޖިލީސް ތަޅުން
މަޖިލީސް ތަޅުން / -

މެޖިސްޓްރޭޓުން ޑިގްރީ ހާސިލްކުރަން ޖެހޭ ބިލް ފާސްކޮށްފި

Faina Faiz
ފައިނާ ފާއިޒް
Nov 10, 2025, 10:45 PM
މާލެ ސިޓީ

މެޖިސްޓްރޭޓު ކޯޓުތަކުގެ ފަނޑިޔާރުންވެސް އެންމެ ދަށްވެގެން ވެސް ގާނޫނާ ގުޅޭ ދާއިރާއަކުން ޑިގްރީއެއް ހާސިލްކުރަން މަޖުބޫރުކުރުވާ ފާސްކޮށްފިއެވެ.

Advertisement

މި ބިލް ފާސްކޮށްފައި ވަނީ މިއަދު މަޖިލީހުންނެވެ.

ކުރީގައި މެޖިސްޓްރޭޓު ކޯޓުތަކުގައި ފަނޑިޔާރުންނަށް އެންމެ ދަށްވެގެން އޮންނަން ޖެހެނީ ގަނޫނާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާއެކެވެ.

މި ޝަރުތު ހަމަނުވާ ފަނޑިޔާރުންނަށް ޑިގްރީ ހާސިލް ކުރުމަށް ވަނީ 5 އަހަރުގެ މުއްދަތެއް ދެވިފައިއެވެ. މި މުއްދަތް ނިމުމުން މަގުބޫލު އުޒުރަކާއި ނުލާ، ޝަރުތު ހަމަނުވާ ފަނޑިޔާރުން މަގާމުން ވަކި ކުރެވޭނެކަމަށްވެސް ބިލްގައި އޮތެވެ.

ބިލް ފާސްކޮށްފައިވަނީ، އެކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިިގެންނެވި 64 މެންބަރުންގެ ވޯޓައިއެކުގައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved