ރާއްޖޭގައި މި ފަހަކަށް ބާއްވަމުން ގެންދާ ބޮޑެތި އިންތިހާބުތަކުގައި ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކުރަމުން ގެންދަނީ، އެމަނިކުފާނަކީ ރާއްޖޭގައި މިފަހުން ސިޔާސީ ގޮތުން އުފެދުނު އެންމެ ވަރުގަދަ ބްރޭންޑަށް ވުމުން ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ އުފެއްދެވުމުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ އަލއުސްތާޛު އަހުމަދު ޠާލިބު ވިދާޅުއްޖެއެވެ.
ޕީއެންއެފް އަދާ ހަމަ ޕްރޮގްރާމުގައި ވާހަަކަ ދައްކަވަމުން ޠާލިބު ވަނީ މަޖިލިސް އިންތިހާބާ ދިމާކޮށް އެމްޑީޕީއިން ވެސް އަދި ސަރުކާރު ހިންގާ ކޯލީޝަންއިންވެސް ރައީސް ޔާމީންއަށް އިންސާފު ހޯދައިދޭން ދައްކަމުން ގެންދާ ވާހަކަތަކަށް އިޝާރާތްކުރައްވާފައެވެ.
އެގޮތުން ޠާލިބު ވިދާޅުވީ، ރައީސް ޔާމީންއަކީ ނަތީޖާ ނރެދެއްވާފައި ހުންނެވި އެތައް ރައްޔިތުންގެ ލޯބި ލިބިވަޑައިގެން ހުންނެވި ބޭފުޅަކަށް ވުމުން އެމަނިކުފާނުގެ ނަންފުޅު ބޭނުންކުރައްވައިގެން ކަންކަން ކުރަން ރާއްޖޭގައި ސިޔާސީ ގޮތުން ފަސޭހަވާނެ ކަމަށެވެ.
އެހެންކަމުން މަޖިލިސް އިންތިހާބާ ދިމާކޮށްވެސް ރައީސް ޔާމީންގެ ޒިކުރު އެ އައު ކުރަނީ ހެޔޮ ނިޔަތުގައި ނޫންކަމަށާ އެއީ އަމިއްލަ އެދުމުގައި ކުރަމުން ގެންދާ ކަމެއްގެ ގޮތުގައި ޠާލިބު ސިފަކުރެއްވިއެވެ.
ރިޔާސީ އިންތިހާބުގެ ތެރޭގައި ވެސް އަޅުގަޑުމެންނަށް ފެނިގެން ދިޔަ ރައީސް ޔާމީންއަކީ ބްރޭންޑެއްކަން. ޓެސްޓެއް އެންޑޤ ޕްރޯަން ޕްރޮޑަކްޓެއްކަން. އެއީ ރައީސް މުއިއްޒު ވަޑައިގެންނެވި ކޮންމެ ރަށެއްގަިއވެސް ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކެމްޕ]ެއިން ކުރެއްވި، ނަތީޖާ ފެނިގެން ދިޔައީ ނުހަނު ފުރިހަމައަށް. އެހެންވީމާ ދެން ވެސް އެހެން ވާނެ އޭ ހިތާ އެ ނަންފުޅު އެ ބޭނުންކުރައްވަނީ.
ޠާލިބު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ފިކުރަކީ ގައުމު ހިންގުމުގައި މުހިއްމު ދައުރެއް އަދާ ކުރާ ފިކުރެއްކަމުން ރާއްޖެ އަދު މިއޮތް ހާލަތުން ނަގާ ކޮޅަށް ޖެހުމަށް އެމަނިކުފާނުގެ ވިސްނުންފުޅާ ސިޔާސަތަކީ ވެސް އެހާމެ މުހިއްމު އެއްޗެއްކަން ގައުމުގެ ކޮންމެ ދިމާއަކަށް ނަޒަރު ހިންގާލުމުން ފެނިގެންދާ ކަމަށާ އެހެންކަމުން މަޖިލީހުގެ ތެރެއިން ރައީސް ޔާމީންގެ އަޑު އިއްވާނެ ބަޔަކު ތިބުމަކީ ގައުމުގެ ރައްޔިތުންނަށް ހެވާ ލާބަ ހުރި ކަމަކަށް މެނުވީ ނުވާނެ ކަމަށެވެ.