theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ސޯޝަލް މީޑިއާ
ދުނިޔެ
ދިއްލީގައި އެއްޗެއް ގޮއްވާލުން: އެ ސަރަހައްދުގައި ހުރި މެޓްރޯ ސްޓޭޝަން ބަންދުކޮށްފި
Yana Shareef
ޔާނާ ޝަރީފް
10 ނޮވެމްބަރު 2025

އިންޑިއާގެ ރެޑް ފޯޓްގައި އެއްޗެހިތަކެއް ގޮއްވާލި ހާދިސާއާއި ގުޅިގެން މިހާރު އެ ސަރަހައްދުގައި ހުރި "ލާލް ގައިލާ" މެޓްރޯ ސްޓޭޝަން ބަންދުކޮށްފިއެވެ.

މިހާތަނަށް 13 މީހަކު މަރުވެ، 24 މީހަކު ޒަހަމްވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.

މި ހާދިސާގައި ޒަޚަމްވި މީހުން އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދަނީ ލޮކް ނަޔަކް ހޮސްޕިޓަލް (އެލްއެންޖޭޕީ) ގަައެވެ. މި ހާދިސާގައި ބަޔަކު މަރުވިކަން ހޮސްޕިޓަލުން މީޑިއާތަކަށް ވަނީ ކަށަވަރުކޮށްދީފައެވެ.

ދިއްލީ ފުލުހުން ބުނީ ރެޑް ފޯޓް ކައިރީގައި ކައިރިން ކާރެއްގައި އެެއްޗެއް ގޮވުމުން އެތައް ބަޔަކަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ކައިރީގައި ހުރި ތިން ހަތަރު ވެހިކަލެއްގައި އަލިފާން ރޯވެ ގެއްލުން ލިބިފައިވާ ކަަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.

ވިއޯން ނޫހުން ބުނީ ރެޑް ފޯޓްގެ ބޭރުގައި ގޮވުންތަކެއް ގޮވިއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ނޭނގޭ ކަމަށެވެ.

ދިއްލީގެ އެކި ހިސާބުތަކުގައި ހައި އެލާޓް ނެރެފައިވާ އިރު، އެތައް ބަޔަކަށް އަނިޔާވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށްވެސް އެ ނޫހުން ބުނެފައިވެެއެވެ.

އެންޑީޓީވީން ބުނީ މި ހާދިސާއާ ގުޅިގެން މުމްބާއީ، ޖައިޕޫރު، އުއްތަރަ ޕްރަދޭޝް އަދި އުއްތަރަކަންޑުގައި ހައި އެލާޓް ނެރެފައިވާ ކަމަށެވެ.

މި ހާދިސާގެ ތުހުމަތު މޯދީ ސަރުކާރުން ޕާކިސްތާނުގެ ބޮލުގައި އަޅުވާ ޕާކިސްތާނަށް ހަމަލާ ދޭނެކަމަށް އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved