March 2, 2026
Advertisement
ފުވައްމުލަކު ސިޓީ ފެނަށް ޖެހި, ހެޕީ މާކެޓުން ދޫކުރާ ފެން ބަލައި ގޮސް
ފުވައްމުލަކު ސިޓީ ފެނަށް ޖެހި, ހެޕީ މާކެޓުން ދޫކުރާ ފެން ބަލައި ގޮސް / ތޭރަ އޮންލައިން

ފުވައްމުލަކުގެ ފެން ޕްލާންޓު ހަލާކުވެ ފެނަށް ޖެހިއްޖެ، ފެން ދޫކުރަނީ ލިމިޓުކޮށްގެން

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 03:05 AM

ފުވައްމުލަކު ސިޓީގެ ފެން ޕްލާންޓު ހަލާކުވެ އެ ސިޓީގެ ރައްޔިތުން ފެނަށް ޖެހިއްޖެއެވެ.

Advertisement

ތޭރައޮންލައިނަށް މައުލޫމާތު ދިން ފަރާތުން ބުނީ ފެން ޕްލާންޓު ހަލާކުވެފައި ހުންނަތާ ހަތަރު މަސްވެފައިވާކަމަށެވެ. އެހެން ނަމަވެސް ފެން ލިބުން އެއްކޮށް ކަނޑާލީ ހޯމަ ދުވަހުކަމަށް ވެސް އެ މިހާ ވަނީ ބުނެފައެވެ.

ފެން ކަނޑާލުމަށްފަހު ރައްޔިތުންނަށް ފެން ދޫކުރަނީ އެ ސިޓީގައި ހުންނަ ހެޕީ މާކެޓް ފިހާރައިން ކަމަށާއި ކޮންމެ ގެޔަކަށް ދެނީ 10 ކޭސް ފެންކަމަށް އެ ފަރާތުން ބުނެފައިވެއެވެ.

ފެނަކަ ކޯޕަރޭޝަނުން ހޯމަ ދުވަހު ނެރުނު އިއުލާނެއްގައި ވަނީ ފުވައްމުލަކު ފެނުގެ ނެޓްވޯކް ސާފްކުރުމަށްޓަކައި ހައިޑޯޒެއްގެ ކްލޮރިން ދަނީ ފެނުގެ ނެޓްވޯކަށް އިންޖެކްޓް ކުރެވެމުން ކަމަށެވެ. އެހެންކަމުން މިވަގުތު ފެން ބޭނުންކުރުމަކީ ރައްކާތެރި ކަމަކަށް ނުވާތީ ފެން ބޭނުން ނުކުރުމަށް ފެނަކައިން ވަނީ ފުވައްމުލަކު ރައްޔިތުންނަށް އަންގާފަ އެވެ.

ފެނުގެ ހިދުމަތް މެދުކެނޑޭ ގަޑިތަކުގައި ވޯޓާ ޕިޔުރިފަޔާ ނިއްވާލުމަށް ވެސް ފެނަކައިން ވަނީ އަންގާފަ އެވެ.

ފެނަކައިން ބުނީ ފުވައްމުލަކުގެ ވޯޓާ ޑިސްޓްރިބިއުޝަން ނެޓްވޯކްގެ މެއިން ޑިސްޓްރިބިއުޝަން ލައިނެއްގައި މޭޖާ ލީކޭޖެއް އުޅޭ ކަމަށެވެ. އެހެންކަމުން ހޯމަ ދުވަހުގެ 1:00 އިން ފެށިގެން އިރުއޮއްސި 6:00 އަށް ފުވައްމުލަކުން ފެނުގެ ހިދުމަތް ކަނޑާލި އެވެ.

އެ ސިޓީގެ ރައްޔިތުން ފެން ނުލިބި ދަތި ހާލަތުގައި އުޅޭއިރު ފެނަކައިން މިކަން ކޮށްފައިވަނީ ރައްޔިތުންނަށް ޖެއްސުން ކުރުމުގެ ނަމުގައިކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved