March 2, 2026
Advertisement
.
. / ސޯޝަލް މީޑިއާ

އެކްސިޑެންޓްގައި ނިޔާވީ 19 އަހަރުގެ ކުއްޖެއް: ފުލުހުން

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 07:07 AM

ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓްގައި ނިޔާވެފައިވަނީ އުމުރުން އެންމެ 19 އަހަރުގެ ކުއްޖެއްކަން ފުލުހުން ހާމަކޮށްފިއެވެ.

Advertisement

ދެ ސައިކަލު ޖެހިގެން ހިނގި މި އެކްސިޑެންޓްގައި ނިޔާވެފައިވަނީ، ލައިޓްގާޑެން/ ކ.ދިއްފުށި އިސްމާއިލް ރަޔާން ބިން ނާޒިމް (19އ.) އެވެ.

ހުޅުމާލެ ފޭސް 2، ނިކަގަސްމަގުގައި މި ހާދިސާ ހިނގާފައިވާއިރު، މި އެކްސިޑެންޓުގައި ނިޔާވި ކުއްޖާ ފިޔަވައި 2 މީހުންނަށް އަނިޔާވެފައިވެއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި، މި އެކްސިޑެންޓަކީ ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި ހާދިސާއެކެވެ. އެކްސިޑެންޓް ހިނގުމާއެކު ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved