March 22, 2026
Advertisement
.
. / އެންޑީޓީވީ

ދިއްލީގައި ގޮއްވާލި ކާރަކީ ޖައްމޫ-ކަޝްމީރު މީހެއްގެ އެއްްޗެއް: އިންޑިއާ ޕޮލިހުން

Yana Shareef
ޔާނާ ޝަރީފް
Nov 11, 2025, 07:22 AM

ދިއްލީގެ ރެޑް ފޯޓް ކައިރީގައި ހޯމަ ދުވަހުގެ ރޭގަނޑު ހިނގި ބޮޑު ގޮވުމުގައި ބޭނުންކުރި ކާރަކީ ޖައްމޫ-ކަޝްމީރަށް ނިސްބަތްވާ މީހެއްގެ އެއްޗެއްކަމަށް އިންޑިއާގެ ފުލުހުން ބުނެފިއެވެ.

Advertisement

އެމީހުން ބުނީ ހުންޑާއި i20 ކާރުގެ އެއް މާލިކަކީ ޖައްމޫ އަދި ކަޝްމީރުގެ ޕުލްވާމާ ސަރަޙައްދުގެ މީހެއް ކަމަށެވެ. މި ގޮވުން ހިނގި ފަހުން މަސްދަރުތަކުން އިންޑިއާގެ އެންޑީޓީވީއަށް މަޢުލޫމާތު ދީފައިވާގޮތުން މި ކާރު ވަނީ ދާދިފަހުން ޖައްމޫ-ކަޝްމީރު މީހަކަށް ވިއްކާލާފައެވެ.

މި ގޮވުމުގައި 8 މީހުން މަރުވެ، 20 މީހުންނަށް އަނިޔާވެފައިވެއެވެ.

ހަރިޔާނާގެ ގުރުގާމް ފުލުހުން ވަނީ HR26 CE 7674 ނަންބަރު ޕްލޭޓް ހަރުކޮށްފައިވާ i20 ކާރުގެ އަސްލު މާލިކު މުޙައްމަދު ސަލްމާން ހައްޔަރުކޮށްފައެވެ.

ނަމަވެސް ސަލްމާން ފުލުހުންނަށް ބުނެފައިވަނީ އޭނާ މި ކާރު ވިއްކާލާފައިވަނީ ޖައްމޫ އަދި ކަޝްމީރުގެ ޕުލްވާމާ ސަރަޙައްދުގެ ޠާރިޤް ނަމަކަށް ކިޔާ މީހަކަށް ކަމަށެވެ.

ޠާރިޤް އެއަށްފަހު އެ ކާރު ތިންވަނަ ފަރާތަކަށް ވިއްކާލާފައިވޭތޯ މިވަގުތު ސާފުވެފައެއް ނުވެއެވެ.

ރެޑްފޯޓް ކައިރީ ހިނގި މި ހާދިސާއަކީ ޕާކިސްތާނުން ދިން ހަމަލާއެއްކަމަށް ބުނެ އިންޑިއާގެ ބީޖޭޕީ ސަރުކާރުން ވަނީ ޕާކިސްތާނަށް ހަމަލާދޭނެކަމަށް ބުނެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved