ފެނުނެ ހިދުމަތް ނުލިބޭތީ ފުވައްމުލަކު ރައްޔިތުން އިހުތިޖާޖު ކުރަން ނުކުމެއްޖެއެވެ.
އިއްޔެގެ މެންދުރުން ފެށިގެން ފުވައްމުލަކުގެ ފެނުގެ ޙިދުމަތް ކެނޑި މުޅިރަށް މިވަނީ ފެނުގެ ކާރިސާއެއްގައިއެވެ.
މިކަމާ އިޙުތިޖާޖުކުރުމުގެ ގޮތުން ބާއްވާ އެއްވުމެއް މިއަދު ހަވީރު 4:00 ގައި ފުވައްމުލަކު ފެންޕުލާންޓު އޮފީސް ކުރިމަތީގައި ކުރިއަށްދާނެއެވެ.
ބޮޑު އާބާދީއެއް ދިރިއުޅޭ ފުވައްމުލަކުގެ ފެނުގެ ހިދުމަތް އިއްޔެ މެންދުރު މެދުކަނޑާލީ، ބޭނުންކުރަން ރައްކާތެރި ނޫން މިންވަރަކަށް ފެން ތަޣައްޔަރުވިކަން ލެބޯޓަރީ ޓެސްޓުތަކުން ދެއްކުމާއި ފެނުގެ ނިޒާމުގައި ބޮޑު ލީކެއް އުޅޭތީ ކަމަށް ބުނެއެވެ.
ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.