March 1, 2026
Advertisement
ފުވައްމުލަށް ސިޓީގެ މައި ފެން ރައްކާކުރާ ޓޭންކުން ފެން ލީކުވަނީ
ފުވައްމުލަށް ސިޓީގެ މައި ފެން ރައްކާކުރާ ޓޭންކުން ފެން ލީކުވަނީ / ސޯޝަލް މީޑިއާ

ފުވައްމުލަކު ސިޓީ ގެ މައި ފެން ރައްކާކުރާ ޓޭންކުން ފެން ލީކު ވަނީ!

Faina Faiz
ފައިނާ ފާއިޒް
Dec 14, 2025, 01:11 AM
ފުވައްމުލަކު ސިޓީ

ފުވައްމުލަކު ސިޓީ ގެ މައި ފެން ރައްކާކުރާ ޓޭންކުން ފެން ލީކު ވާން ފަށައިފިއެވެ.

Advertisement

ޗެނަލް 13 އަށް މައުލޫމާތު ލިބުނު ގޮތުގައި މިކަން ދިމާވީ، ހޮޅި އެއް ފަޅައިގެން ދިޔުމުގެ ސަބަބުންނެވެ. މިކަން ހައްލުކުރުމަށް މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިކަމާ ގުޅިގެން އެރަށުގެ ކައުންސިލުން އަދި ވަކި އެއްޗެއް ބުނެފައިއެއް ނުވެއެވެ.

ފުވައްމުލަކު ސިޓީއަށް ދިމާވި ފެނުގެ ކާރިސާއަށް ފަހު އޭރު ގެނެވުނު ވަގުތީ ހައްލަށް ފަހު އަދި މިހާތަނަށް އެއްވެސް ކުރިއެރުމެއް ނުލިބޭކަމަށް އެރަށުގެ ރައްޔިތުން ވަނީ މައުލޫމާތު ދީފައިއެވެ.

އެ ސިޓީގެ ރައްޔިތުން ތަގައްޔަރުވެފައިވާ ފެން ބޭނުން ކުރަމުން އަންނަތާ އެތައް މަހެއް ވީފަހުން މިދިޔަ މަހު ވަނީ ފެނުގެ ޚިދުމަތް މެދުކަނޑާލާފައިއެވެ.

އަދި ފެން ޓްރީޓު ކުރުމަށް ފަހު ފެން އަލު ދޫކޮށްފައި ވަނީ މިކަމަށް ފުރިހަމަ ހައްލެއް ނުގެނެސްއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved