March 1, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޢުމްރާއިން އައިތާ އެއް ދުވަސް، ވެމްކޯގެ މުވައްޒަފަކު ނިޔާވެއްޖެ

Jan 14, 2026, 01:52 AM
މާލެ ސިޓީ

ޢުމްރާގެ މަތިވެރި އަޅުކަމަށް ފަހު އެނބުރި ގައުމަށް އައިތާ އެއް ދުވަސް ފަހުން ވެމްކޯގެ މުވައްޒަފަކު ނިޔާވެއްޖެއެވެ.

Advertisement

ކުއްލި ގޮތަކަށް ނިޔާވެފައިވަނީ، ފުވައްމުލައް ސިޓީއަށް ނިސްބަތްވާ، އަހމަދު ލަތީފު (ރަތަމަލާނާ އަހުމަދު)އެވެ. އަހުމަދު ނިޔާވީ އުމްރާއިން އެނބުރި އައުމަށްފަހު ރަށަށް ދިއުމުގެ ބަދަލުގައި އާއިލާއާއެކު ޗުއްތީ ހޭދަ ކުރުމަށް އއ ތޮއްޑޫގައި ހުއްޓާއެވެ.

އަހުމަދު ހިންގާ ގެސްޓު ހައުސެއް އެރަށުގައި ހުންނަ އިރު އަހުމަދު ނިޔާވެފައި އޮއްވާ ފެނުނީ ފާޚާނާތެރޭގައި ކަމަށް ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެއެވެ. ބައެއް މީޑިޔާތަކުގައި އަހުމަދު އާއިލާއާ ހަވާލާދީ ބުނެފައިވަނީ ކުއްލިއަކަށް ހުއްޓުނީ ކަމަށެވެ. އެއްވެސް ބައްޔެއްގެ އަލާމާތެއް ވެސް ފެންނަން ނެތް ކަމަށް ވެއެވެ.

އަހުމަދުއަކީ މީހުންނަށް ވަރަށް ހެޔޮ މީހުންނާ ގުޅޭ މިޒާޖެއްގެ މީހެއް ކަަމަށްވެއެވެ. އަހުމަދު ނިޔާވިއިރު، އަންބަކާއި ދެ ދަރިން ދުނިޔޭގައި އެބަ ތިއްބެވެ.

އަހުމަދު ވަޒީފާ އަދާކުރަމުން ދިޔައީ ވެމްކޯގައެވެ. އެ ކުންފުނީގެ ފަރާތުން ވަނި އާއިލާއަށް ތައުޒިޔާ ކިޔާ މީސް މީޑިޔާގައި ޕޯސްޓުވެސް ކޮށްފައެވެ.

އަހުމަދު ކުއްލި ގޮތަކަށް ނިޔާވިއިރު މިއަދު ކުޅުދުއްފުށި ސިޓިއަށް ނިސްބަތްވާ ޒުވާން ކުއްޖަކު ވެސް ވަނި ކުއްލި ގޮތަކަށް ނިޔާވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved