theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުވައްމުލައް ސިޓީ / ގޫގުލް
ހަބަރު
ފެން ނުލިބޭތާ 3 ދުވަސް ވަނީ، ފުވައްމުލަކު ރައްޔިތުން އިހުތިޖާޖުކޮށްފި
Faina Faiz
ފައިނާ ފާއިޒް
12 ނޮވެމްބަރު 2025
ފުވައްމުލަކު ސިޓީ

ހޯމަ ދުވަހުން ފެށިގެން ފުވައްމުލަކު ސިޓީއަށް ފެން ނުލިބޭ މައްސަލައިގަ ރައްޔިތުން މިއަދުވެސް އިހުތިޖާޖު ކުރަން ނިކުމެއްޖެއެވެ.

ފުވައްމުލަކުގެ ފެން ތަޣައްޔަރުވެފައިވާތީ އެރަށުން ފެނުގެ ހިދުމަތް ކަނޑާލާފަ ވަނީ ހޯމަ ދުވަހުއެވެ. އޭގެ ފަހުން ދެ ދުވަސް ވެފައިވާއިރު ސަރުކާރުން އަންނަނީ އެ ރަށުގެ ރައްޔިތުންނަށް އިއްޔެ އިރުއޮއްސުމުން ފެން ލިބޭނެކަމަށް ބުނެ ފޮނި ހުވަފެން ދައްކާފައެވެ. ނަމަވެސް މިއަދުގެ މިހާތަނަށްވެސް އެ ރަށުގެ ރައްޔިތުންނަށް ފެން ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

މިއަދުވެސް ސަރުކާރުން މިވަނީ މިރޭ އެރަށު ރައްޔިތުންނަށް ފެނުގެ ހިދުމަތް ލިބޭނެކަމަށް ބުނެފައިއެވެ.

އެ ސިޓީގެ ގެ ތަކަށް ސަޕްލައިން ފެން ދިނުން ހުއްޓާލާފައި ވަނީ ބޭނުން ނުކުރެވޭ މިންވަރަށް އެ ސިޓީގެ ފެން ތަޣައްޔަރު ވުމުންނެވެ. އެ ސިޓީ އަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ޓީމެއް ގޮސް ކުރި ޓެސްޓްތަކުން ފެން ބޭނުން ކުރުން އެކަށީގެން ނުވާކަމަށް އަންގާފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ފުވައްމުލަކު ސިޓީގެ ފެން ޕްލާންޓު މައްސަލަ ޖެހިފައި ހުންނަތާ މިހާރު ވަނީ 4 މަސް ދުވަސް ވެފައެވެ. ފެން ތަޣައްޔަރުވާން މެދުވެރިވި ސަބަބަކީ މައި ހޮޅިއެއްގައި ބޮޑު ލީކެއް އުޅުމުގެ ސަބަބުން ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފައިވެ އެވެ. އަދި އެ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ ފެން ތަޣައްޔަރުވުމުގެ ސަބަބުން، ފެނުގެ ނެޓްވޯކް ސާފުކުރަން މިހާރު ގިނަ އަދަދަކަށް ކްލޮރިން އަޅަމުންދާ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved