theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ފުވައްމުލަކުގައި ފެން ނުލިބޭތީ މުޒާހަރާ ކުރަނީ / ތޭރަ އޮންލައިން
ހަބަރު
ފުވައްމުލަކު ސިޓީއަށް ފެން ނުލިބޭތީ މުޒާހަރާ ކުރަން ފަށައިފި
Yana Shareef
ޔާނާ ޝަރީފް
11 ނޮވެމްބަރު 2025

ފުވައްމުލަކު ސިޓީގެ ފެން ތަޣައްޔަރުވެ, އެއްވެސް ވަރަކަށް ފެނުގެ ހިދުމަތް ނުލިބޭތީ އެ ސިޓީގެ ރައްޔިތުން މުޒާހަރާ ކުރަންފަށައިފިއެވެ.

އިއްޔެގެ މެންދުރުން ފެށިގެން ފުވައްމުލަކުގެ ފެނުގެ ޙިދުމަތް ވަނީ ކެނޑިފައެވެ.

ފުވައްމުލަކު ސިޓީގެ ފެން ޕްލާންޓު މައްސަލަ ޖެހިފައި ހުންނަތާ މިހާރު ވަނީ 4 މަސް ދުވަސް ވެފައެވެ.

ރައްޔިތުންގެ ކަންބޮޑުވުން އެއް ކަންފަތުން އަޑުއަހާފައި ސަރުކާރުގެ ވެރިން އަނެއް ކަންފަތުން ބޭރުކޮށްލާކަމަށް ބުނެ އެ ސިޓީގެ ރައްޔިތުން ވަނީ ސަރުކާރު ފެއިލްވެއްޖެކަމަށް ބުނެ މުޒާހަރާގައި ގޮވާލާފައެވެ.

އަންގާރަ ދުވަހުގެ ހަވީރު 4 ޖެހިއިރު ފެން ޕްލާންޓު ކުރިމަތީ ފެށި މުޒާހަރާގައި ފުވައްމުލަކު ރައްޔިތުން ވަނީ ފެން ތަޣައްޔަރުވެފައިވާ މައްސަލަ އަވަހަށް ހައްލުކުރުމަށް ސަރުކާރަށް ގޮވާލާފައެވެ.

ފެނުގެ ހިދުމަތް ހޯމަ ދުވަހުގެ މެންދުރު ކެނޑުމުން ކޮންމެ ގެޔަކަށް ފުވައްމުލަކުގައި ހުންނަ ހެޕީ މާކެޓް ފިހާރައިން ވަނީ 10 ކޭސް ފެން ފޯރުކޮށްދީފައެވެ. އަދި އަންގާރަ ދުވަހު ދިވެހި ސިފައިންގެ ހިދުމަތުގެ ފަރާތުން ވެސް އެ ސިޓީގެ ގޭތަަކަށް ފެން ކޭސް ފޯރުކޮށްދީފައިވެއެވެ.

ފުވައްމުލަކު ރައްޔިތުން މުޒާހަރާއަށް ނިކުންނަކަން އެނގިގެން ސަރުކާރުން ވަނީ 6 ގަޑިއިރު ތެރޭ ފެނުގެ ހިދުމަތް ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved