March 2, 2026
Advertisement
.
. / ތޭރަ އޮންލައިން

ކާށިދޫ ފަރަށް އެރި ބޯޓުން ގެއްލުނު މީހާ މަރުވެފައި އޮއްވާ ފެނިއްޖެ

Yana Shareef
ޔާނާ ޝަރީފް
Nov 12, 2025, 04:49 AM

ކ. ކާށިދޫގެ މުދާ އުފުލާ ބޯޓެއް ކަމަށްވާ 'ފައިސަލާ' ބޯޓު އެ ރަށު ފަރަށް އަރައި، އެ ބޯޓުން ދަތުރުކުރަމުން ދަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ ބިދޭސީ މީހާ މަރުވެފައި އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

Advertisement

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ ބޯޓު ފަރަށް އެރިކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 19:52 ހާއިރު ކަމަށެވެ.

ބޯޓުގައި އެވަގުތު ޖުމްލަ 11 ފިރިހެނުން ތިބިކަމަށާއި އެއީ ފަސް ދިވެހިންނާއި ހަ ބިދޭސީންކަމަށް ފުލުހުން. ބުނެފައިވެއެވެ.

ފުލުހުން ވަނީ ބޯޓު ފަރަށް އެރުމާއި ގުޅިގހެން ބޯޓުގައި ހުރި މުދާތައް އޮޔާ ދާތީ އެ ސަރަހައްދުން ދަތުރު ކުރާ އެންމެހާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved