March 22, 2026
Advertisement
-
- / އިންޑިއާ ޓައިމްސް

އިންޑިއާގައި އަނެއްކާވެސް ގޮވުންތަކެއް ގޮވައިފި، މިއީ ހަނގުރާމައެއްގެ ފެށުމެއްބާ!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 12, 2025, 07:59 PM
މާލެ ސިޓީ

އިންޑިއާގެ ރެޑްފޯޓް ކައިރީގައި ބޮމުގެ ހަމަލާތަކެއް ދިންތާ ދެ ދުވަސް ފަހުން އިންޑިއާގައި ރޭގެ ވަގުތެއްގައި އަނެއްކާވެސް ގޮވުމެއް ގޮވައި، މުޅި ގައުމު އެލާޓަށް އައިސްފިއެވެ.

Advertisement

އިންޑިއާގެ އުތުރުގެ މާރުކޭޓް ސަރަހައްދެއްގައި ހިނގި މި ހާދިސާގައި އެތައް ބަޔަކަށް އަނިޔާވެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ލޯކަލް އޮތޯރިޓީތަކުން ބުނާ ގޮތުގައި މި ގޮވުން ހިނގާފައި ވަނީ ރޭ 10:30 ހާއިރު އެވެ.އެމަޖެންސީ ޓީމުތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކުން އެތަނަށް ގޮސް އެ ސަރަހައްދު ވަށާލައި ފުރިހަމަ ތަހުގީގެއް މިހާރު ވަނީ ފަށާފައެވެ. ރިޕޯޓްތަކުން ދައްކާ ގޮތުގައި ކުރިން ދިން ހަމަލާތަކުގައި ބޭނުންކުރި ގޮތާ އެއްގޮތަށް އިމްޕްރޮވައިޒްޑް އެކްސްޕްލޮސިވް ޑިވައިސް (އައިއީޑީ) މި ހަމަލާގައިވެސް ބޭނުންކޮށްފައިވެ އެވެ.

މިއާއި އެކު އިއްޔެ ޕާކިސްތާނުގެ ޑިސްޓްރިކްޓް ކޯޓެއް ކައިރީ ދިން ހަމަލާއާއި މި ދެހަމަލާ ގުޅުވާ ގިނަ ބަޔަކު އަންނަނީ އޭޝިއާ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ފަށަން އުޅޭ ކަމުގެ ވާހަކަތައް ދައްކަމުންނެވެ.

އިންޑިއާގައި ދިން ހަމަލާތަކުގެ ޒިންމާ ބީޖޭޕީ އިން ވަނީ ޕާކިސްތާނުގެ ބޮލުގައި އަޅުވާ އިތުރު ހަމަލާތައް ކުރިއަށް ގެނދިޔުމަށް ގޮވާލަމުންނެވެ.

އިންޑިއާގެ އިދާރާތަކުން ބުނާ ގޮތުގައި މިއީ ވަރަށް ފިނޑި އަމަލެއް ކަމަށާއި މިކަން ގާތުން ތަހުގީގު ކުރާނެ ކަމަށެވެ.

އިންޑިއާއިން ވަނީ މި ފަހުން ގިނަ ގައުމުތަކާއި އެކު ދިފާއި އެއްބަސްވުންތަކުގައިވެސް ސޮއިކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved