March 16, 2026
Advertisement
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ..
ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ޕީއެންއެފްގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.. / ތޭރަ އޮންލައިން

ޕީއެންއެފްގެ ޚާއްސަ ޖަލްސާއެއް މިރޭ 8:45 ގައި!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 14, 2025, 05:06 PM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް)ގެ ވަރަށް ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށް އެ ޕާޓީއިން ހާމަކޮށްފިއެވެ.

Advertisement

8 ފަރާތުން ބުނެފައިވާ ގޮތުގައި ޖަލްސާ އޮންނާނީ މިރޭ، (14 ނޮވެމްބަރު 2025)ވާ ހުކުރު ދުވަހުގެރޭ 8:45 ގައިއެވެ.

ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ބައިވެރިވަޑައިގެން އިންސާފުކޮށް ދެއްވާނެ ކަމަށާ އެހެންކަމުން ޕީއެންއެފްގެ ސިޔާސަތަށް ތާއީދުކުރައްވާ އަދި ރައީސް ޔާމީން ދެކެ ލޯބިވާ، އަދި އެމަނިކުފާނަށް ތާއީދުކުރާ ވީހާވެސް ގިނަ ބޭފުޅުން ޖަލްސާގައި ބައިވެރިވުމަކީ އެޕާޓީގެ އެދުމެއް ކަމަށް ޕީއެންއެފުން ހާމަކޮށްފައިވެއެވެ.

ޕީއެންއެފްއިން ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި ގައުމަށް ދިމާވެފައިވާ މައްސަލަތައް ފާހަގަކޮށް ސަރުކާރު ބާރުވެެރިކުރުވުމަށް މަސައްކަތް ކުރަމުންދާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން ރައްޔިތުންނަށް ދިމާވާ ގޮންޖެހުންތައް ފާހަގަކޮށް ސަރުކާރުން ހިންގަމުންދާ ނޭދެވޭ އަދި ނުރަނގަޅު ސިޔަަސަތުތައް ފާހަގަކޮށް ބިނާކުރަނިވި ފާޑުކިޔުންތައް އަމާޒުކުރެއެވެ. ގައުމުގެ ކަންކަން ހިނގަމުންދާ ގޮތަށް ބަލާލާ ޖަލްސާތަކުގައި ވާހަކަ ދައްކަނީ ކަމާ ގުޅުންހުރި ތަޖުރިބާ ލިބިފައި ތިއްބެވި ކަމުވޮށިގެން ވާ ބޭފުޅުންނެވެ.

މި ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބު ލިބެމުންދާކަންވެސް ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved