March 16, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ރައީސް ޔާމީންގެ "Y" އަކުރު ރަމްޒުކޮށްދޭ ލޯގޯ ޕީއެންސީއިން އަދިވެސް ބޭނުން ކުރާތީ މަލީހްގެ ފާޑުކިޔުން

Yana Shareef
ޔާނާ ޝަރީފް
Nov 15, 2025, 03:17 AM

ރައީސް އަބްުދުالله ޔާމީން އަބްދުލްގައްޔޫމްގެ "Y" އަކުރު ރަމްޒުކޮށްދޭ ލޯގޯ ޕީއެންސީން ބޭނުންކުރާތީ ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހު ޖަމާލު ފާޑުވިދާޅުވެއްޖެއެވެ.

Advertisement

މަލީހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ބްރޭންޑިންގ އިން ދުރަށް ދާން ޕީއެންސީ އަށް ނޭނގުނުކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ތެރެއިން ރައީސް ޔާމީންގެ ހުސް ގޮނޑި ދައްކަވައިން ވެރިކަމަށް އައުމަށްފަހު އަދިވެސް އެމަނިކުފާނުގެ ނަމުގެ އަކުރު ފެށޭ އަކުރު ރަމްޒުކޮށްދޭ ލޯގޯ އެމަނިކުފާނުގެ އަތްޕުޅުން އަތުލި ޕާޓީގައި އަދިވެސް އަންނަނީ ބޭނުންކުރަމުންނެވެ.

މަލީހު ވިދާޅުވީ ޕީއެންސީގެ އަމިއްލަ ކްރިއޭޓިވިޓީއެއް ނެތްކަމަށެވެ. ކުރާކަމެއްގައި އަމިއްލަ ވިސްނުމެއް ނެތްކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

މަލީހު ވަނީ ރައީސް ޔާމީންގެ ހުސްގޮނޑިވެސް ސަލާމަތްނުވިކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ޕީއެންސީ ސަރުކާރަށް ފާޑުކިޔާފައެވެ.

ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރުމުގެ ގޮތުން ބާއްވާ ޖަލްސާއަށް ރައީސް ޔާމީންގެ ހުސް ގޮނޑި ވަނީ ނެރެފައެވެ. އެމަނިކުފާނު ދިރިއުޅުއްވާ ހ.ދޫވެހިގެ ދެވަނަ ފަންގިފިލާގެ ބެލްކަނީގައި ވަނީ ފިޔާތޮށި ކުލައިގެ ހުސް ގޮނޑިއެއް ބަހައްޓާފައެވެ.

ޕީއެންސީއިން ބޭއްވި ޖަލްސާގައި ރައްޔިތުން ބޮއްވުން ނޫން އިތުރުކަމެއް ކޮށްފައިނުވާކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved