March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މި ސަރުކާރަށް އަތް ޖެހޭކަށް ނެތް، މަޑަވެލި ދާއިރާއަށް އެއްވެސް ކަމެއް ނުކޮށްދޭ: ޕީއެންސީ މެންބަރު ޝަމީޒް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 16, 2025, 11:41 PM
މާލެ ސިޓީ

ވެރިކަން ކުރާ ޕީއެންސީ ސަރުކާރުން މަޑަވެލި ދާއިރާ އެއްވެސް ކަމެއް ކޮށްނުދޭ ކަމަށާއި އެހެންކަމުން މި ސަރުކާރަށް އަތް ޖެހޭކަށް ނެތް ކަމަށް ޕީއެންސީއަށް ނިސްބަތްވާ އެ ދާއިރާގެ މެންބަރު މުހައްމަދު ޝަމީޒް ވިދާޅުވެއްޖެ އެވެ.

Advertisement

މަޖިލީހުގައި މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައި ވާހަކަދައްކަވަމުން ޝަމީޒް ވިދާޅުވީ މި ބަޖެޓު ތެރެއިން މަޑަވެއްޔަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރަން ބިން ހިއްކި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ގެދޮރު ދެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައިވެސް އަދި މި ވެރިކަމުގައިވެސް އެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދެމުން އަންނައިރުވެސް މި ސަރުކާރުން ވެސް މަޑަވެއްޔަށް އެއްވެސް ކަމެއް ކޮށްނުދޭކަން ޝަމީޒް ވަނީ ފާހަގަކޮށްފައެވެ.

ވޭތުވެދިޔަ ދެ އަހަރުގެ ބަޖެޓުގައި ވެސް، އަބަދު ވެސް ބަޖެޓުގެ ބަހުސްގައި އަޅުގަނޑުގެ ދާއިރާގެ ތިން ރަށުގެ ހާލަތު ބަޔާންކޮށްދެން. އެހެން ނަމަވެސް އެއްވެސް ވަރަކަށް. އަދި މި ސަރުކާރުން ވެސް މަޑަވެއްޔަށް ކަމެއް ކުރެވިފަ ނެތް ވާހަކަ ވެސް ފާހަގަކުރަން

ޝަމީޒް ވިދާޅުވި އެވެ.

ބަޖެޓުގައި އަކުރުތަކެއް ޖަހާފައި އޮތް ނަމަވެސް އެކަން ތަންފީޒު ނުކުރެވޭނަމަ ބަޖެޓު ވެގެންދަނީ ހަމައެކަނި ޖަހާލާ އަދަދުތަކަށް ކަމަށާއި 3،000 މީހުންގެ އާބާދީއެއް އޮތް މަޑަވެލީގައި ނަރުދަމާގެ އެއްވެސް ކަހަލަ ހިދުމަތެއް ނުލިބޭ ކަމަށްވެސް ޝަމީޒުގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ސަރުކާރުގެ ކަންކަން މިފަދައިން ދާނަމަ ސަރުކާރަށް ތާއީދުކޮށް އަތްޖެހެން ނެތް ކަމަށް ޝަމީޒު ވަނީ ގޮވާލާފައެވެ. އަދި ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށް އެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކުރޭތޯ މަޖިލިސް މެންބަރުން ބަލައި އެ ވާހަކަ ދައްކަން ޖެހޭ ކަމަށް ވެސް ޝަމީޒް ވިދާޅުވި އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved