March 2, 2026
Advertisement
ޑީއާރްގެ އަލްވަދާއުގެ ޕޯސްޓަރު
ޑީއާރްގެ އަލްވަދާއުގެ ޕޯސްޓަރު / ސޯޝަލް މީޑިއާ

"އަލްވަދާއު" ގެ ޓައިޓަލް ލަވަ މާދަމާ ނެރެނީ, ގައިން ހީބިހި ނަގާހާ އަސަރުގަދަ!

Yana Shareef
ޔާނާ ޝަރީފް
Nov 17, 2025, 03:17 AM

ޑާކްރެއިން އެންޓަޓެއިންމަންޓުން އަންނަ މަހު އަޅުވާ "އަލްވަދާއު" ފިލްމުގެ ޓައިޓަލް ލަވަ މާދަމާ ރޭގެ 8 ޖަހާއިރު ނެރެން ހަމަޖައްސައިފިއެވެ.

Advertisement

ޑާކްރެއިން އިން ބުނީ އެ ލަވަ ވެގެންދާނީ ފިލްމުގެ އިހުސާސްތަކާއި ޖަޒުބާތުތައް ވަރަށް ސާފުކޮށް ދައްކައިދޭނެ އަސަރުގަަދަ ލަވައަކަށެވެ. މި ލަވަ އަޑުއަހާފައި ގިނަ ބަޔަކު އަންނަނީ މިހާރުވެސް އެ ލަވައަށް ތައުރީފުކުރަމުންނެވެ.

އެ ލަވައަކީ މި އަހަރުގެ "ހާޓް ބްރޭކް އެންތެމް"ގެ ގޮތުގައި އެ ޕްރޮޑަކްޝަނުން ވަނީ ސިފަކޮށްފައެވެ.

އީސާ ޝަރީފްގެ ޅެމަކަށް ޑީއާރް ޕްރޮޑަކްޝަނުން މިއުޒިކް ހަދާދީފައިވާ މި ލަވައިގެ ސޯންގް މާސްޓަރިން ހަދައިދީފައިވަނީ ހުސައިން ތައުފީގް އެވެ.

މި ލަވަ ކިޔައިދީފައިވަނީ ޒުވާން ލަވަކިޔުންތެރިޔާ އަހުމަދު އިޝާމްއެވެ.

މިއީ އިޝާމް ދިވެހި ފިލްމަކަށް ލަވާކިޔާދިން ފުރަތަމަ ފަހަރުކަން ފާހަގަކޮށްލެވެއެވެ.

މި ފިލްމުގައި ވަރަށް ގިނަ ދިވެހި ފިލްމީ ތަރިން އުޅޭއިރު ލީޑް ރޯލުން ފެނިގެންދަނީ މިހާރު ޑީއާރްގެ ފިލްމުތަކުން ފެންނަ ޝަރަފް އަބްދުالله އާއި މަރިޔަމް މަޖުދާއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved