theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ގާނޫނީ ވަކީލް އަލްއުސްތާޒް އަލީ ޝާހް / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް
ސިޔާސީ
ކުރުކޮށް މި ސަރުކާރު ސިފަ ކުރާ ނަމަ މިއީ އަނދިރި ދައުލަތެއް: އުސްތާޒު ޝާހު
Faina Faiz
ފައިނާ ފާއިޒް
17 ނޮވެމްބަރު 2025
މާލެ ސިޓީ

ކުރުކޮށް މި ސަރުކާރު ސިފަ ކުރައްވާ ނަމަ، މިއީ އަނދިރި ދައުލަތެއްކަމަށް ގާނޫނީ ވަކީލް އަލްއުސްތާޒް އަލީ ޝާހް ވިދާޅުވެއްޖެއެވެ.

ޝާހު މިފަދައިން ވިދާޅުވީ ރައިސް ޑެ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް 2 އަހަރު ފުރުމުން ޗެނަލް 13 އިން ކުރިއަށް ގެންދާ ހާއްސަ ކަވަރޭޖްގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޝާހު ވިދާޅުވީ މުއިއްޒު ވެރިކަމަށް އެރުއްވީ ރައިސް ޔާމީންގެ މެނިފެސްޓޯ ހިއްޕަވައިގެން ކަމަށެވެ. ނަމަވެސް މެނިފެސްޓޯއާ ދެކޮޅަށް މުއިއްޒު އަންނަނީ ޖުޑީޝަރީއަށް ނުފޫޒުފޯރުވަމުން ކަމަށެވެ.

އެގޮތުން، ޖުޑިޝަރީއަށް ނުފޫޒު ފޯރުވާ ކަމުގެ ހެކި އަދި އަދުލުވެރިކާމައި އިންސާފުނެތްކަން ރާއްޖޭގެ ތާރީހުން ހެކި ދޭނެކަމަށްވެސް ޝާހު ވިދާޅުވިއެވެ.

މި ކަންކަމުގެ ތެރޭގަ، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ސަސްޕެންޑު ކުރުމާއި، ރައިސް މުއިއްޒު ބޭނުންފުޅުވާގޮތަށް ޝަރީއަތްތައް ކުރިއަށް ނުދާ ނަމަ ރައީސްގެ ވަކީލުން ލައްވާ ގުޅުއްވަން ޖެހޭ ފަރާތްތަކަށް ގުޅުއްވައިގެން ބާރުގެ ބޭނުން ކުރާކަމަށް ޝާހު ވިދާޅުވިއެވެމ

އިތުރަށް ޝާހު ވިދާޅުވީ، ރައްޔިތުން މި ޖެހެނީ އަސާސީ ބޭނުންތަކަށް އެދި އާދޭސް ކުރަން ކަމަށެވެ. އަދި، އެކި އިނާޔާތްތައް އުނިކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް މިވަނީ ކުރީގެ ސަރުކާރަށް ވުރެ 4 ގުނަ އަށް އިތުރު ވެފައިކަމަށްވެސް ޝާހު ފާހަގަ ކުރެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved