March 16, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މުއިއްޒުހާ ޚުދުމުހުތާރު ވެރިއެއް އަދި ނުދެކެން: ޑރ ޖަމީލް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 18, 2025, 04:33 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ ތާރީޚުގައިވެސް މިހާރުގެ ރައީސް މުހައްމަދު މުއިއްޒުހާ ޚުދުމުހުތާރު ވެރިއެއް ނުދެކޭ ކަމަށް ޕީޕަލްސް ނޭޝަނަލް ފޮރޮންޓްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ މިހާރުގެ ސަރުކާރަށް ދެއަހަރު ވެފައިވާއިރު ސަރުކާރުގެ ފަރުވާކުޑަކަމާއި ޒިންމާދާރުކަން ކުޑަކަމުގެ ވާހަކަދައްކަވާ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިގޮތުން، ރާއްޖޭގައި ވެރިކަން ކޮށްފައިވާ ބޭބޭފުޅުންގެ ތެރެއިން މިހާ ފަރުވާކުޑަ އަދި ޚުދުމުހުތާރު ވެރިއެއް ދެކެވަޑައިނުގަންނަވާ ކަމަށާއި ރާއްޖެއަށް މިހާރު ކުރިމަތިވެފައިވަނީ މީގެ ކުރިން ނުދެކޭހާ އިޤްތިސާދީ ހީނަރުކަމެއް ކަމަށް ޑރ ޖަމީލް ވަނީ ފާހަގަކޮށްފައެވެ.

ވެރިކަމަށް ކުފޫހަމަނުވާ މީހެއްކަމަށް މުއިއްޒު ސާބިތުކޮށްދީފައިވާ ކަމަށާއި މުއިއްޒު ކައިރީގައި ގެންގުޅެނީވެސް ހަމަ އޭނާ ފަދައިން އެއްވެސް ކަހަލަ ވެރިކަން ކުރުމުގެ އިލްމާއި ހިލްމު ނެތް ބޭފުޅުން ކަމަށްވެސް ޑރ ޖަމީލްގެ ޕޯސްޓްގައި ސިފަކޮށްފައިވެއެވެ.

-
-

ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބަތުގައި 14 ނޮވެމްބަރު ދުވަހުގެ ރޭ ޕީއެންސީއިން ބޮޑު ޖަލްސާއެއް ބާއްވާ، އިޤްތިސާދީ ގޮތުން ގައުމުގެ ހާލަތު އަދިވެސް ކުރިއަރައިގެން ނުދާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުން ރައްޔިތުންގެ ފައިސާއިން ޚަރަދުކޮށްގެން މީހުން ގެނެސް ރައީސް މުއިއްޒު އެތައް ދޮގު ތަކާއި ނުފުއްދޭ ވައުދުތައް ވި ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.

މިގޮތުން، ތާއީދާއި ލޯތްބަކީ ގަދަ ކަމުން ހޯދޭނެ އެއްޗެއް ނޫން ކަމަށާއި ރައްޔިތުންގެ ލޯބި ލިބޭނީ ރައްޔިތުންނަށް ކަންތައްތައް ކޮށްދީގެން ކަމަށް މި ފަރާތްތަކުން ބުނެފައިވެއެވެ. މި ދެ އަހަރު ތެރޭގައި ފެނިގެން ދިޔައީ ރައްޔިތުންނާއި ދެކޮޅަށް މުއިއްޒުގެ ސަރުކާރުން ވެރިކަންކޮށް އަމިއްލަ އެދުން އިސްކުރަމުން ދިޔަ ބޮޑު މަންޒަރެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved