March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ޝަރުއީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކުޑަވާ ކަމަށް ބުނެ، މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 19, 2025, 11:15 PM
މާލެ ސިޓީ

ޕޭ ހާމަނައިޒޭޝަންގެ ދަށުން ޝަރުއީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންގެ މުސާރައިން 396 ރުފިޔާ ކުޑަވާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް ނިންމައިފިއެވެ.

Advertisement

ޕޭ ހާމަނައިޒޭޝަން ސިޔާސަތުގެ ދަށުން ޝަރުއީ ދާއިރާއާއި ކައުންސިލްތަކުގެ އިދާރީ މުވައްޒަފުން ހިމެނޭހެން 20،000 މުވައްޒަފުންގެ މުސާރަ މި މަހު ވަނީ ބޮޑު ކޮށްފައިވާ ކަމަށް އިއުލާންކޮށްފައިވީ ނަމަވެސް މި ގެނައި ބަދަލާއި އެކު މުސާރަތައް ވީ ކުޑަ ކަމަށް ބުނެ ސަރުކާރުގެ އެހެން އިދާރާތަކުގެ ސިވިލް މުވައްޒަފުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މަޖިލީހަށް ހުށަހެޅުމަށް ޕެޓިޝަނެއް ތައްޔާރުކުރަމުންދާއިރު މިހާތަނަށް ޝަރުއީ ދާއިރާގައި މަސައްކަތްކުރާ ގާތްގަނޑަކަށް 120 މުވައްޒަފުން މި ޕެޓިޝަންގައި ސޮއިކޮށްފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މި ޕެޓިޝަނުގައި ވަނީ ލީގަލް މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަކީ، ކޯޓުތަކުގެ ވެރިންގެ ގޮތުގައި އިދާރީ ހިންގުމުގައި މަސައްކަތް ކުރަމުން އައި އެހެނިހެން މުވައްޒަފުންނާ ވަކިން ކަނޑައެޅި ތަންފީޒުކުރަމުން އައި އޮނިގަނޑެެއް ކަމަށެވެ. ނަމަވެސް މުސާރައަށް ގެނައި ބަދަލުތަކުގެ ތެރޭގައި މި މިންގަނޑު ހިފެހެއްޓިފައި ނުވާ ކަމަށް އެ ޕެޓިޝަނުގައި ބުނެފައި

ވެއެވެ. އަދި މުސާރައިގެ އޮނިގަނޑަށް ގެނައި ބަދަލުތަކަށް ބަލާނަމަ، ލީގަލް މުވައްޒަފުންގެ މުސާރައިން 396 ރުފިޔާ ކުޑަވެފައިވާ ކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ލީގަލް މުވައްޒަފުން މުސާރައާ ގުޅޭގޮތުން ޝަކުވާކުރަމުންދާއިރު މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް ވަނީ، މުސާރަތައް ބޮޑުކުރުމާ ގުޅުވައި ޕޭ ކޮމިޝަނުން ހުރިހާ އޮފީސްތަކާ ވާހަކަދައްކައި، ކަންބޮޑުވުމެއް އޮތް ނަމަ އެކަމެއް ހައްލު ކޮށްދޭނެ ކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި މައްސަލަތަކަށް ހައްލެއް ހޯއްދަވައިނެދުވި ޕޭ ހާމަނައިޒޭޝަންގެ ސަބަބުން ކުރިން ލިބެމުން އައި ވަރަށްވުރެވެސް މުސާރަ މަދުވާ ކަމަށް ބުނެ އާންމުން އަންނަނީ މުއިއްޒަށް ނުރުހުން ފާޅުކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved