March 18, 2026
Advertisement
-
- / އަލްޖަޒީރާ

ރޭޕް ކުރުމުގެ ހައްގު ލިބިދޭންޖެހޭ ކަމަށް ބުނެ ސަހްޔޫނީން މުޒާހަރާއެއް ތެރޭގައި ގޮވާލައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Nov 20, 2025, 01:43 PM
މާލެ ސިޓީ

ސަހްޔޫނީންގެ ކުރީގެ އަސްކަރިއްޔާގެ އެޑްވޮކޭޓް ޖެނެރަލް، މޭޖަރ ޖެނެރަލް ޔިފާތު ޓޮމަރް-ޔަރުޝަލްމީ ސަހްޔޫނީންގެ އަނިޔާވެރިކަން ފެންނަ ވީޑިއޯއެއް ލީކްކޮށްލުމާއި ގުޅިގެން ސަހްޔޫނީންގައި ކުރި މުޒާހަރާއެއްގައި "ރޭޕް ކުރުމުގެ ހައްގު" ލިބިދޭން ޖެހޭނެ ކަމަށް ގޮވާލާފިއެވެ.

Advertisement

ސޯޝަލް މީޑިއާގައި އާންމުވެފައިވާ މި ފޫޓޭޖުން ފެންނަ ގޮތުގައި މޫނު ނިވާކޮށްގެން ތިބި ސިފައިން ފަލަސްތީނުގެ އަތާއި ލޯވެސް ބަދެފައިވާ ގައިދީއެއްގެ ވަށައިގެން އަނިޔާކުރާ މަންޒަރު ފެނިގެންދެއެވެ. އަދި އަނިޔާވެރިކަން އިތުރުކޮށް ކެމެރާވެސް ބްލޮކްކޮށްފައިވެއެވެ.

މި އަނިޔާތަކުގައި ފަލަސްތީނުގެ ގައިދާއަށް ބޮޑެތި އަނިޔާތަކެއް ވަނީ ލިބިފައެވެ. މިގޮތުން ޖިންސީ ގުނަވަނަށް ބޮޑެތި ޒަޚަމްތައްދީފައިވާއިރު، ހަނށިގަނޑުގެ އެކި ހިސާބުތަކުން ކަށިތައްވެސް ބިދިފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އަނިޔާގެ ތުހުމަތުތައް ސީރިއަސް ނަމަވެސް، ކަނާތުފިޔައިގެ ސަހްޔޫނީންގެ ގިނަ ސިޔާސީ ބޭފުޅުން، ސަރުކާރުގެ ވަޒީރުން ހިމެނޭ ގޮތަށް ވަނީ ތުހުމަތު ކުރެވޭ ސިފައިންގެ ދިފާއުގައި ވާހަކަދައްކާފައެވެ. ބައެއް މީހުން ވަނީ އެމީހުންނަކީ "ބަޠަލުން" ކަމަށް ސިފަކޮށް، ޔިފާތާއި ދެކޮޅަށް ފާޑުކިޔުން އަމާޒުކޮށްފައެވެ.

ޔިފާތު ބުނީ އެފަދަ އަނިޔާވެރިކަމަކީ އޭނާ ގަބޫލުކުރާ ކަމެއް ނޫން ކަމަށާއި ސަހްޔޫނީންގެ ގައިދުގައި ތިބޭ ފަރާތްތަކާއި މެދު އަމަލުކުރަނީ ހިތަށްވެސް ނުގެނެވޭހާ ލާއިންސާނީ ކޮށް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved