March 16, 2026
Advertisement
ރައީސް މުއިއްޒު
ރައީސް މުއިއްޒު / ރައީސް އޮފިސް

އިސްލާމްދީނުގެ ވާހަކަ މުއިއްޒު ނުދައްކަންވީ ނޫންތޯ: ރައީސް ޔާމީން

Mariyam Isaadha
މަރިޔަމް އިސާދާ
Nov 21, 2025, 12:24 AM
މާލެ ސިޓީ

އިސްލާމްދީނުގައި ކަންކަން އޮންނަ ހަމައިގެ ވާހަކަ ރައީސް މުހައްމަދު މުއިއްޒު ނުދެއްކެވުން ބުއްދިވެރިކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ރައީސް ޔާމީން މިފަދައިން ވިދާޅުވީ ޕީއެންއެފްގެ ޓައުން ހޯލު ޖަލްސާގައި އާދިއްތަ ދުވަހުގެރޭ ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން ސަރުކާރަށް ދެ އަހަރު ފުރުމުގެ މުނާސަބާގައި ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުގައި އިސްލާމް ދީނުގެ ހަމަތަކުގެ މަތިން ޑިމޮކްރެސިއާ އެއްގޮތަށް ޚިޔާލުފާޅު ކުރެވޭނެ ކަމަށް ވިދާޅުވެފައިވާތީ ރައީސް ޔާމީން ވަނީ އެ ވާހަކައަށް ރައްދު ދެއްވާފައެވެ.

އެގޮތުން ގައުމުގައި އިސްލާމީ ހަމަަތައް ނެތި ވެރިންނާ ސަރުކާރުވެސް ދީނާ ޚިލާފު ކަންކަން ކުރަމުންދާއިރު އެ ކަންކަން ރައްޔިތުންނަށް ފާހަގަކުރެވޭނެ ކަމަށާ އަދި ވަލިޔުލްއަމްރު ދީނާ ޚިލާފު ވާނަމަ އެމީހަކާ މެދު ކަންކުރެވޭނެ ގޮތް ދީނުގައި އޮންނަ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖެއަކީ ވެސް މިހާރު ޑިމޮކްރެސީއަށް ތަބާވާ ގައުމެއް ކަމަށާ އެހެންކަމުން ޑިމޮކްރެޓިކު ވެލިޔުސްތަކަށް ސަރުކާރުން ޖާގަވެސް ދޭން ޖެހޭނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ޔާމީން ވިފާޅުވީ، މިއަދު ރައްޔިތުން ތިބީ ނިކަމެތި ހާލުގައި ނަމަވެސް އެ ކަންކަން ފެންނަ ވެރިން ނެތް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved