theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަގްރެފިކްސް
ރިޕޯޓު
ފުރައްސާރައިގެ ވާހަކަ ފުރައްސާރައިން ފަށާ ހީނާ ކުރީ ވަކި ކޮންކަމެއް⸮
Yana Shareef
ޔާނާ ޝަރީފް
20 ނޮވެމްބަރު 2025

ދުވަސްވަރަކީ އަބަދުވެސް ކޮންމެވެސް ރައްޓެއްސެއް ގުޅައިގެން ސިޔާސީ ކޮންމެވެސް ވާހަކައެއް ދައްކާ ދުވަސްވަރެކެވެ. ދާދިފަހުން ޕީއެންސީ ސަރުކާރަށް ދެ އަހަރު ފުރިގެން 50 މިލިއަން ރުފިޔާ ހަރަދުކޮށްގެން ރާއްޖޭގެ އެކިކަންކޮޅުތަކުން މީހުން ގެނެސްގެން ބޭއްވި ޖަލްސާއަށްފަހު ހުރިހާ އެންމެން ވެސް ދައްކަނީ އެ ޖަލްސާގައި މީހަކު ކުޅުނު ޑްރާމާއެއްްގެ ވާހަކައެވެ. ގުޅާ ކޮންމެ މީހަކުވެސް އަހަނީ އެ ރޭގެ ޖަލްސާއިން އަންހެނަކު ރުއިތަން ފެނުނުހޭއެވެ.

ފޭސްބުކް ހުޅުވާލިއަސް ބަންޑުންވާ ވަރަށް އެވާހަކައެވެ. އޮންލައިން ނޫސްތަކާއި ޓީވީ ޗެނަލްތަކުގައިވެސް އެވާހަކައެވެ. ޓިކްޓޮކް ލައިވް ތަކާއި ވަކިވަކި މީހުންގެ ކޮމެންޓްތަކުގައިވެސް އެވާހަކައެވެ.

އާދެ އެންސްޕާގެ ސީއީއޯ އަދި ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ކުޅުނު ޑްރާމާގެ ވާހަކަ ނުދައްކާ މީހެއް ހަމަ ނެތެވެ. އެ ވާހަކަ މީހުން ދައްކަވަނީ ސަބަބަކާހުރެއެވެ. ހީނާ ކުޅުނީ އަންހެން ކާޑެވެ. އަންހެނަކަށް ވީތީކުރި ފުރައްސާރައެއް ކަމަށް ބުނެއެވެ. އަސަރުން ފުރިގެންވާފަދަ ގޮތަކަށް ހީނާ ދެއްކީ އޭނާގެ ސިއްހީ ހާލަތާވެސް ގުޅުވައިގެން އިދިކޮޅު މީހުން އެއްޗެހި ކީ ކަމަށް ބުނެއެވެ. އެއީ ބަލައިގަނެވޭ ވަރަށް ވުރެ ދަށުދަރަޖައިގެ ކަމެއްގެ ވާހަކައެއްގެ ގޮތުގައެވެ. އެހެންނަމަވެސް އޭނާގެ ބަލި ހާލަތަށް މީހަކު އެއްޗެއް ބުނެ ހެދި މަންޒަރެއް އަޅުގަނޑު ނުދެކެމެވެ.

މީހުން ފާޑުކިޔަނީކީ ހީނާއަކަށް ނޫނެވެ. ހީނާ އަންހެނަކަށް ވީތީ އެއްވެސް ނޫނެވެ. ހީނާގެ މަގާމަށެވެ. މަގާމުގައި ހުރެ ހީނާ ކުރި ވައްކަމަށެވެ. އެ މަގާމުގައި ހުރެ ވައްކަންތައް ފޮރުވާތީއެވެ. މިއީ އެ މަގާމުގައި ފިރިހެނަކު ހުރި ނަމަވެސް ފާޑުކިޔުން އަމާޒުކުރާނެ ވަރުގެ ކަމެކެވެ.

ތިމަންނާއަށް މަލާމަތްކޮށް ފުރައްސާރަ ކުރަނީ އޭ ކިޔާފައި ހީނާ ދެން ފެށީ "ދެ ރެއިން އެއް ރޭ, މީހެއްގެ ގޭ ސިޓިންގ ރޫމްގައި ބާއްވާ ބޮނޑިބަތް ޖާފަތެކޭ" ކިޔާފައެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހުގެ ރޭ ޕީއެންެއެފް އިން ބާއްވާ ޓައުންހޯލް ޖަލްސާގެ ވާހަކައެވެ. އެއީ އެ ބޭފުޅުންނަށް ހީނާ ކުރެއްވި ފުރައްސާރަކަމަށް މީސްމީޑިއާގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

އެތަނުގައި ހީނާއަށް ފުރައްސާރަކުރިކަމަށް ބުނެ ޖަލްސާގައި ރޮއެ ހެދިއިރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ދުވަހަކުވެސް ހީނާއަކަށް ވެސް ނުވަތަ އެހެން މީހެއްގެ ވެސް ސިފައަކާއި ނުވަތަ ޖެހިފައިވާ ބައްޔަކަށް ފުރައްސާރައެއް ނުކުރައްވައެވެ. އެމަނިކުފާނާއި ޕީއެންއެފްގެ ޓީމުން އަބަދުވެސް މަސައްކަތް ކުރަނީ ސަރުކާރު ޖަވާބު ދާރީ ކުރުވުމަށެވެ.

ހީނާއަށް މަލާމަތް ކުރިކަމަށް ބުނެ އެކަން ކުރަނީ އޭނާ މިދިޔަ ފަސް އަހަރު ރައީސް ޔާމީން މިނިވަން ކުރުމަށް ކުރި މަސައްކަތުގެ އަގު ދިނުމުގެ ގޮތުންކަމަށް އޭނާ ބުނިއިރު އޭނާ އަކީ މުޒާރާތަކުގައި އުޅުނު މީހެއް ނޫނެވެ. އޭރު ޕީޕީއެމްއިން ކޮންމެ ރެޔަކު އެއްވާ އެއްވުމުގައި ހީނާއެއްް ނުހުރެއެވެ. ހީނާ ފެންނަނީ އެ ޕީޕީއެމް ޕީއެންސީން ބާއްވާ ބޮޑެތި އެއްްވުންތަކުގައެވެ. އޭރުވެސް އުޅުއްވީ ދެއްކުންތެރިކަމަށެވެ. ރައީސް ޔާމީން މިނިވަންކުރުމަށް 24 ގަޑިއިރު މަގުމަތީ އުޅުނުކަމަށް ދައުވާ ކުރާ އިރު ހީނާ އިންނަނީ ލަސޫކުގައި އަދުގެ ސަރުކާރުގެ އިސްފަޑީގައި އިންނަވާ ފަރާތަކާއެކު ކޮފީތަކުގައެވެ. މިއީ މަންޒަރު ދުށް މީހުން ދައްކާ ވާހަަކައެވެ.

ވާހަކަ ހަދަހަދައިގެން ދައްކާ, އަންހެން ކާޑު ހީނާ ކުޅުނީ މީހުންގެ ކުރިމަތީ މާތް މީހަކަށް ވުމަށް ނޫނީ ދެން އިތުރު ބޭނުމެއްގަބާއެވެ. އެންސްޕާ ލޫޓުވައިގެން އުފެއްދި ޓީވީ ސްޓޭޝަންގެ ވާހަކަ އަކީ އަބަދުވެސް ދައްކާނެ ވާހަކައެކެވެ. އެއީ ހަމަ ހަގީގަތެވެ.

މީހުން ބުނެއުޅެއެވެ. ހަގީގަތަކީ ހިތި އެއްޗެކެވެ. ކަރުބުޑުގައި ހިތިރަހަ ލެވުނަސް ހެޔޮކަމަށް ހަގީގަތް ގަބޫލުކުރުމަކީ ރީތިކަމެކެވެ.

ހީނާގެ ސަބަބުން މުއިއްޒު މިލިއަނުން މިލިއަނުން ހަރަދުކުރި އެޖަލްސާ ގެ އަޑު އެވަނީ ކެނޑިފަ އެވެ. ރެކޯޑް ހަދަން މުއިއްޒު ބޭއްވި ޖަލްސާވީ ބޮޑު ފްލޮޕަކަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved