theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ ޖޭއެސްސީއިން ބަލަން ފަށައިފި
Aiminath Zawjah
އައިމިނަތް ޒަޢުޖާ
20 ނޮވެމްބަރު 2025
މާލެ ސިޓީ

ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އުޅެނިކޮށް, ހައި ކޯޓުގެ ފަސް ފަނޑިޔާރެއްގެ މައްސަލަ, ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަން ފަށައިފިއެވެ.

ހައިކޯޓުގެ ބެންޗުގައި ހިމެނޭ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ ސުލޫކީ މައްސަލަތަކެއް ޖޭއެސްސީއިން އަންނަނީ ބަލަމުން ކަމަށް މައުލޫމާތު ލިބެއެވެ.

ހައިކޯޓުގެ 11 ފަނޑީޔާރުންގެ ތެރެއިން ޖޭއެސްސީން ސުލޫކީ މައްސަލަ ބަލަމުން އަންނަނީ އިސްފަނޑިޔާރުކަމުގެ މަސްއޫލިއްޔާތުން މި ހަފްތާގައި އިސްތިއުފާދިން މުހައްމަދު ފައިސަލްއާއި، ޖޭއެސްސީގައި ހައިކޯޓު ތަމްސީލް ކުރައްވާ މުހައްމަދު ނިޔާޒް އަދި ހުސެއިން މަޒީދުއާއި ހައިކޯޓުގެ ތިން އަންހެން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުން ކަމަށްވާ ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަ ކަމަށްވެއެވެ.

ހައިކޯޓުގައި އެންމެ ގިނަދުވަސްވީ ފަނޑިޔާރު، ނިޔާޒްގެ މައްސަލަތަކެއް ބަލަމުންދާން ފަށާފައިވާއިރު، އޭނާވަނީ ސިއްހީ ސަބަބުތަކާހުރެ ފަނޑިޔާރުކަމުން ވަކިވާން ހުށަހަޅާފައެވެ.

ފައިސަލްގެ ސުލޫކީ މައްސަލަތަކެއް ބަލަމުންދާ ކަމަށް ރިޕޯޓްތައް ލިބިފައިވާއިރު، ފައިސަލް ވަނީ ކުއްލި ގޮތަކަށް އިސްފަނޑީޔާރުކަމުގެ މަސްއޫލިއްޔާތު ތަކުން އިސްތިއުފާ ދެއްވައިފައެވެ.

ފަނޑިޔާރު މަޒީރު، ފަރުހީޒާ އަދި ދީބާނާޒްގެ ސުލޫކީ މައްސަލަތަކެއް ބަލަމުން ދިޔަނަމަވެސް އޭގެ ތަފްސީލެއް ނުލިބެއެވެ. މަޒީދަކީވެސް ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ސީނިއާ ފަނޑިޔާރެކެވެ.

މި ސަރުކާރުން ޖުޑިޝަރީއަށް ނުފޫޒު ނުފޯރުވާނެ ކަމަށް ތަކުރާރުކޮށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަންނަނީ ވިދާޅުވަމުން އައި ނަމަވެސް ފެންނަނީ ހުރިހާ ދާއިރާތަކަށްވެސް ސަރުކާރުން ނުފޫޒު ފޯރުވާ ފުރިހަމަ ކޮންޓްރޯލް ނަގަމުން އަންނަ މަންޒަރެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved