March 15, 2026
Advertisement
މިނިސްޓަރު އައްޅޮގެ ލޮބުވެތި މަންމާފުޅު އަަވަހާރަވެއްޖެ
މިނިސްޓަރު އައްޅޮގެ ލޮބުވެތި މަންމާފުޅު އަަވަހާރަވެއްޖެ / ސޯޝަލް މީޑިއާ

މިނިސްޓަރު އައްޅޮގެ ލޮބުވެތި މަންމާފުޅު އަަވަހާރަވެއްޖެ

Mariyam Isaadha
މަރިޔަމް އިސާދާ
Nov 21, 2025, 07:50 PM
މާލެ ސިޓީ

މިނިސްޓަރު އެޓް ދަ ޕްރެޒިޑެންޓްސް އޮފީސް، އަބްދުﷲ ނާސިރު (ހެރިންސް އައްޅޮ)ގެ ލޮބުވެތި މަންމާފުޅު އަވަހާރަވެއްޖެއެވެ.

Advertisement

މ. ދިލޭރާމްގެ ޝަރީފާ މުހައްމަދު އަވަހާރިވިކަން ހާމަކޮށް އޭނާގެ ދަރިކަލުން އަހުމަދު ނާޒިމް (ހެރިންސް އައްމަޑޭ) މިސް މީޑިޔާގައި ކުރި ޕޯސްޓެއްގައި ވަނީ އޭނާގެ ލޮބުވެތި މަންމަ މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ. އަދި އެންމެހާ ބޭފުޅުންވެސް މަންމައަށް ހެޔޮ ދުއާކޮށްދިނުމަށް މޯލްޑިވްސް ފިޝަރީޒް މާކެޓިން އެންޑް މެނޭޖްމަންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު ނާޒިމް ވަނީ އެދިފައެވެ.

ޝަރީފާ އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވެ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ. އަވަހާރަވީއިރު، އުމުރުކީ 83 އަަހަރުގައެވެ.

މައްޔިޔާގެ މޫނު ދެއްކުމާ ކަށު ނަމާދުގެ ކަންކަން ކުރިއަށް ދާނީ މަސްޖިދު އަލް-ސުލްތާން މުހައްމަދު ތަކުރުފާނު އަލް އައުޒަމް (އިސްލާމީ މަރުކަޒު)ގައެވެ. ކަށު ނަމާދު އޮންނާނީ މިއަދުގެ މަޣްރިބު ނަމާދަށް ފަހުއެވެ.

އާއިލާއަށް ދިމާވެފައިވާ މި ހިތާމަވެރި ވަގުތުގައި ތޭރަ އޮންލައިންގެ މެނޭޖުމަންޓުގެ ފަރާތުން އާއިލާއަށް ތައުޒިޔާ އަރިސްކުރަމެވެ. އަދި މިނިސްޓަރު އައްޅޮއާ އެމްޑީ އައްމަޑޭގެ މަންމާފުޅަށް ހެޔޮ ރަހްމަތް ލެއްވުން އެދި ދުއާ ކުރަމެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved