މިއަދުގެ ވަގުތެއްގައި ދުބާއީ އެއާ ޝޯގައި އިންޑިއާގެ ވައިގެ ސިފައިންގެ ޖެޓެއް ވެއްޓި ޖެޓް ދުއްވަން އިން ޕައިލަޓް މަރުވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ދުބާއީ އެއާ ޝޯގައި ފްލައިޓް ޑިސްޕްލޭއެއް ދައްކަމުން ދަނިކޮށެވެ. މި ހާދިސާ ހިނގާފައިވަނީ ކުއްލިއަކަށް އިވެންޓް ގްރައުންޑްސް ކައިރީގައި އޮންނަ ފަޅު ސަރަހައްދުގެ މައްޗަށް ބޯޓު ޕާފޯމް ކުރަމުން ދަނިކޮށެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޫޓޭޖުތަކުން ފެންނަ ގޮތުގައި، ޖެޓް ވެއްޓުމުގެ ކުރިން ތިރިއަށް އުދުހެމުން ދިޔަތަން ފެނިފައިވެ އެވެ. އެމަޖެންސީ ވެހިކަލްތައް ވަގުތުން އެތަނަށް ގޮސްފައިވާއިރު، ފަޔާ ކްރޫއިން ތިބީ އަލިފާން ރޯވެދާނެ ހާލަތަކަށް ކޮންޓްރޯލް ކުރުމަށް ތައްޔާރަށެވެ.
JUST IN: 🇮🇳 Indian Air Force jet crashes during Dubai air show. pic.twitter.com/ooIje49KXw
— BRICS News (@BRICSinfo) November 21, 2025
އިންޑިއަން އެއާފޯސް އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި ޕައިލަޓް މަރުވެފައިވާ ކަން ކަށަވަރުކޮށްދީފައިވެއެވެ. އަދި މި ހާދިސާ ދިމާވާން މެދުވެރިވި ސަބަބު ތަހުގީގު ކުރިއަށްދާ ކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.
An IAF Tejas aircraft met with an accident during an aerial display at Dubai Air Show, today. The pilot sustained fatal injuries in the accident.
— Indian Air Force (@IAF_MCC) November 21, 2025
IAF deeply regrets the loss of life and stands firmly with the bereaved family in this time of grief.
A court of inquiry is being…