ޔަހޫދީ އިސްރާއީލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާއި ގުޅޭ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން ބާއްވާ ހާއްސަ ޖަލްސާއަކަށް ރާއްޖޭގެ ފަރާތުން ބައިވެރިވުމަށްޓަަކައި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ސަޢުދިއަރަބިއްޔާ އަށް ފުރާވަޑައިގެންފިއެވެ.
އެ ވުޒާރާ އިން ބުނި ގޮތުގައި މި ބައްދަލުވުން ކުރިއަށްދާނީ މިމަހު 4-5 އަށް ސައޫދީގެ ޖިއްދާގައެވެ.
މި ބައްލުވުމުގެ މައިގަނޑު މަޤްސަދަކީ ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޣައްޒާއާއި ރަފާޙުގައި އިސްރާއިލުން ކުރިއަށްގެންދާ އަސްކަރީ އަނިޔާވެރި ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ސައޫދީގައި ބޭއްވުނު ޖޮއިންޓް އަރެބް އިސްލާމިކް ސަމިޓުގައި ފާސްކުރެވުނު ގަރާރުތަކާއި ނިންމުންތަކާއި ގުޅޭ ގޮތުން މަޝްވަރާކުރުން ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.
އޯއައިސީގެ ބައްދަލުވުމަކީ ސަޢޫދީ ޢަރަބިއްޔާގެ ދަޢުވަތަކަށް ބާއްވާ ބައްދަލުވުމެއްކަންވެސް ފާހަގަކޮށްލެވެއެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް ޔަހޫދީން ދެމުންގެންދާ ހަމަލާތައް ކުށްވެރިކޮށް އެ މައްސަލައިގައި ރާއްޖެއިން ވަނީ ބައިނަލްއަގުވާމީ ފެންވަރުގައި ގިނަ މަސައްކަތް ކުރަން ފަށާފައެވެ.