theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ނައިބު ރައީސް ޖަމީލް / ސޯޝަލް މީޑިއާ
ހަބަރު
މުއިއްޒު މިފެންނަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި: ޖަމީލް
Aiminath Zawjah
އައިމިނަތް ޒަޢުޖާ
23 ނޮވެމްބަރު 2025
މާލެ ސިޓީ

މިހާރުގެ ރައީސް މުހައްމަދު މުއިއްޒު މިފެންނަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

މާލެ އާއި ވިލިމާލޭގެ 40 ޕަސެންޓު ބިން ކުއްޔަށް ދީފައި އޮތީ މުއިއްޒުގެ މޭޔަރުކަމުގައި ކަމަށް މާލެ ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ބިންތައް ދޫކޮށްފައިވާ ގޮތުގެ ތަފުސީލީ ލިސްޓުން ހާމަވުމާއި ގުޅިގެން ޑރ ޖަމީލް ވަނީ ބޮޑެތި ފާޑުކިޔުންތައް މުއިއްޒަށް އަމާޒުކޮށްފައެވެ.

މިގޮތުން، މިވާހަކަ ދެއްކިޔަސް މިއަދު މުއިއްޒާ ދެކޮޅަށް ގާނޫނީ ފިޔަވަޅު މިވަގުތަކު ނާޅާނެ ކަމަށާއި ނަމަވެސް އަބަދަކު މިޙާލަތެއްވެސް ނޯންނާނެ ކަމަށް ޑރ ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ. ގައުމެއްގެ ހައިސިައްޔަތުން މިއީ ވަރަށް ބޮޑެތި ކަންތައްތައް ކަމަށާއި ބޮޑަތި ކުށްތަކެއް ހިންގާފައިވާކަމަށް ކުރެވޭ ތުހުމަތަށް މިލިބެނީ ދަލީލު ކަމަށްވެސް ޖަމީލް ފާހަގަކުރެއްވިއެވެ.

މިގެ އިތުރުން، މިއަށް ކޮރަޕްޝަނޭ ނުކިޔޭ އެއްވެސް ގޮތެއް ނެތް ކަމަށާއި ދައުލަތަށް ގެއްލުން ވާގޮތަށް އަމަލުކޮށްފައި ނުވާކަމަށް ބެލެވޭނީ ކިހިނެތްތޯ އާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒް ފައިދާ ނުނަގާކަމަށް ބަލާނީ ކިހިނެތްތޯ ޖަމީލް ވަނީ ސުވާލުކުރައްވާފައެވެ.

ގައުމެއްގެ ރައީސަކީ އާންމު ރައްޔިތުންނަށްވުރެ އެތައް ގުނައެއް މަތީ ތިމާގެ އިންޓަގްރިޓީ ނަގަހައްޓަންޖެހޭ މީހަކަށްވާއިރު ނަމަވެސް މުއިއްޒު މިފެންނަނީ ބޮޑަތި ގޯސްތަކެއްގެ ތެރޭގައި އުޅުއްވާ ބޭފުޅެއްގެ ގޮތުގައި ކަމަށް ޖަލީމް ވިދާޅުވިއެވެ.

ރައްޔިތުންގެ ވެރިކަމުގައި މިފަދަ ތުހުމަތު ރައްދުވާ ބޭފުޅުން އެތުހުމަތުން ބަރީއަކަމުގެ ސާފު ޙުއްޖަތު ދެއްކުން ލާޒިމްވާ ކަމަށް ވިދާޅުވެފައިވާއިރު މިހެން ކަންތައް ނުކޮށްފިނަމަ ރައްޔިތުންގެ އިތުބާރުނެތް ބޭފުޅަކަށްވެ ގާނޫނީ ނަތީޖާ އާކުރިމަތިލާން މަޖްބޫރުވެގެންދާނެ ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved